about 2 hours 0
ހިތަދޫ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
about 2 hours 0
މިހާރު ކުރިއަށްދާ ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ އައްޑޫ އަތޮޅު ފައިނަލުގައި، މަރަދޫ އަތުން 5-2 އިން މޮޅުވެ، ހިތަދޫން ދެ ވަނަ ފަަހަރަށް އަތޮޅު ޗެމްޕިއަންކަން ހޯދައިފި އެވެ.
ސ. އަތޮޅު ތަށި އެންމެ ފުރަތަމަ ހިތަދޫން ހޯދީ 2024 ވަނަ އަަހަރު އެވެ. އެ ފަހަރު ފައިނަލުގައި އެ ގޮތުން ފައިނަލުގައި، ހިތަދޫ އާއި ފޭދޫ ކުޅުނު މެޗު ފުރިހަމަ ވަގުތު ހަމަވިއިރު، އޮތީ 3-3 އިން އެއްވަރުވެފަ އެވެ. ޕެނަލްޓީ ޖަހައިގެން، ހިތަދޫ މޮޅުވީ، 7-6 އިންނެވެ. މި ފަހަރުގެ ސެމީ ފައިނަލުގައި ހިތަދޫން ވަނީ މިދިޔަ އަހަރުގެ ޗެމްޕިއަން ފޭދޫ ބަލިކޮށްފަ އެވެ.
މިއަދު ހަވީރު ކުޅުނު މި ފަހަރުގެ ފައިނަލުގައި، ހިތަދޫގެ އަހުމަދު އަމްނު ހެޓްރިކެއް ހެދި އެވެ. އަދި، ސ. އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނު، ހިތަދޫގެ ކެޕްޓަން، ހާޒިމް ފައުޒީ (ހަތީ) ވަނީ މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ.
ހިތަދޫ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ
މަރަދޫގެ ލަނޑުތައް ޖެހީ، މުހައްމަދު ސަހާއު އަލީ އާއި ހަސަން އަތޫފް އެވެ.
އެންމެ ފަހުން އަތޮޅު ޗެމްޕިއަންކަން ހޯދައި ހިތަދޫ ވަނީ މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފަ އެވެ. އެ ފަހަރު ކުއާޓާ އިން ހިތަދޫ ކެޓީ ވިލިމާލެ އަތުން 1-0 އިން ބަލިވެގެންނެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅުުނު މެޗުގައި ވ. ކެޔޮދޫން ވަނީ ފުލިދޫ އަތުން 3-2 އިން މޮޅުވެ، އަތޮޅު ފައިނަލަށް ދަތުރުކޮށްފަ އެވެ. ތިން ޓީމު ވާދަކުރާ ވ. އަތޮޅުގެ ފުރަތަމަ މެޗުގައި ފެލިދޫ އާއި ފުލިދޫ ވަނީ އެއްވަރުވެފަ އެވެ.
އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން، ކެޔޮދޫން ފުލިދޫ ބަލިކުރި މެޗުގައި ލަނޑުތައް ޖެހީ، އަރީން އަބްދުﷲ އިބްރާހިމް އާއި އަޒްޔާން އާދަމް ރަޝީދު އަދި މުހައްމަދު އާލިމް އެވެ. ފުލިދޫގެ ލަނޑުތައް ޖެހީ، ޝަމްވީލް އަހުމަދު އާއި މުހައްމަދު އަޔާން ހަލީލް އެވެ.
Comment