Advertisement

އިރާނުގެ މުޒާހަރާތަކުގައި 5،000 އަށްވުރެ ގިނަ މަރު

about 2 hours 0


އިރާނުގެ މުޒާހަރާތަކުގައި 5،000 އަށްވުރެ ގިނަ މަރު

about 2 hours 0

އިރާނުގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގައި ކުރަމުން އަންނަ މުޒާހަރާތަކުގައި މިހާތަނަށް 5،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްއިން ބުނެފި އެވެ.

އޭގެ ތެރޭގައި 500 އަށްވުރެ ގިނަ ސިފައިން ހިމެނޭ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އިރާނުގެ ސަރުކާރުން މުޒާހަރާ ކުރާ މީހުން ސިފަކުރަނީ ޓެރަރިސްޓުންގެ ގޮތުގަ އެވެ.

ޑިސެމްބަރު 28، ގައި މުޅި އިރާނުގައި މުޒާހަރާތައް ފެށުނީ ދަތި ހާލުގައި ދިރިއުޅެން ޖެހިފައި ތިބި ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލުމުންނެވެ. މިއީ 1979 ވަނަ އަހަރު އެ ގައުމުގައި އޮތް ރަސްކަން ނިމުމަކަށް ގެނައުމަށް ހިންގި ހަރަކާތަށް ފަހު ވެރިކަމާ ދެކޮޅަށް ހިންގާ އެންްމެ ބޮޑު ހަރަކާތެވެ.

މުޒާހަރާ ކުރާ މީހުން މަރާނަމަ އިރާނަށް އަސްކަރީ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕު ވަނީ ދެއްވާފަ އެވެ. ހުކުރު ދުވަހު މަރުގެ އަދަބު ތަންފީޒު ކުރުމަށް ތާވަލުކޮށްފައި ތިބި ކުށްވެރިންނަށް އެ އަދަބު ތަންފީޒުކޮށްފައި ނުވާތީ އިރާނުގެ ވެރިންނަށް ޓްރަމްޕު ޝުކުރު އަދާކުރެއްވި އެވެ.

އެ ގައުމުގެ ސުޕްރީމް ލީޑަރު އާޔަތުالله ހާމަނާއީ ވަނީ އިތުރު ހަނގުރާމައަކަށް ގައުމު ނުގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ހުރިހާ ކުށްވެރިންނަށް އަދަބު ދޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

މި މުޒާހަރާތަކާ ގުޅިގެން 24،000 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.