Advertisement

އިރާނުގެ ކަނޑުގެ ސަރަހައްދާ ވީހާވެސް ދުރަށް ދިއުމަށް އެމެރިކާގެ އުޅަނދުތަކަށް އަންގައިފި

about 2 hours 0

ހޮރްމޫޒް ކަނޑުއޮޅިން މޭ 19، 2023 ގައި ދަތުރުކުރަމުންދިޔަ ބޮޑު ކޮންޓޭނަރު އުޅަނދެއްގެ ކައިރިން ދެ ކުޑަ އުޅަނދެއް ދަތުރުކުރަނީ. -- ފޮޓޯ: އޭޕީ


އިރާނުގެ ކަނޑުގެ ސަރަހައްދާ ވީހާވެސް ދުރަށް ދިއުމަށް އެމެރިކާގެ އުޅަނދުތަކަށް އަންގައިފި

about 2 hours 0

އެމެރިކާ އާއި އިރާނާ ދެމެދު ނުތަނަވަސްކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އެމެރިކާގެ އުޅަނދުތަކަށް، އިރާނުގެ ސަރަހައްދީ ކަނޑާ ދުރުން ދަތުރުކުރުމަށް އެމެރިކާއިން އަންގައިފި އެވެ.

ހޯމަ ދުވަހު އެމެރިކާގެ މެރިޓައިމް އެޑްމިނިސްޓްރޭޝަނުން ނެރުނު އިރުޝާދުގައި، އެމެރިކާގެ އުޅަނދުތަކަށް އިރާނުގެ ސިފައިން އެރުމުގެ ހުއްދަ ނުދިނުމަށް ކެޕްޓަނުންނަށް ވަނީ އިލްތިމާސްކޮށްފައެވެ. ނަމަވެސް، އިރާނުގެ ސިފައިން ގަދަކަމުން އުޅަނދަކަށް އަރައިފި ނަމަ، އެކަމާ ކުރިމަތިލައި ހަމަނުޖެހުން ނުހިންގުމަށް ވެސް ވަނީ އަންގާފައެވެ.

މި އިރުޝާދުގައި ބަޔާންކޮށްފައިވަނީ ދަތުރުފަތުރުގެ ރައްކާތެރިކަމަށް ބުރޫނާރާނެހެން، އީރާނުގެ ސަރަހައްދީ ކަނޑާ ވީހާވެސް ދުރުން ދަތުރުކުރުމަށާއި، ހޮރްމޫޒް ކަނޑުއޮޅިން އިރުމައްޗަށް ދަތުރުކުރާއިރު އޮމާންގެ ކަނޑުގެ ސަރަހައްދާ ވީހާވެސް ކައިރިން ދަތުރުކުރުމަށެވެ.

މި އިރުޝާދުތައް ނެރެފައި މިވަނީ، ހުކުރު ދުވަހު އޮމާންގައި އެމެރިކާ އާއި އިރާނާ ދެމެދު ނުސީދާ މަޝްވަރާތަކެއް ބޭއްވުމަށްފަހުއެވެ. މީގެ ކުރީ ހަފުތާތަކުގައި ދެ ގައުމުގެ ދެމެދުގައި ބަހުގެ ހަމަލާތައް ވަރުގަދަވެ، ހަނގުރާމައެއްގެ ބިރުވެސް ވަނީ އުފެދިފައެވެ.