about 2 hours 0
ލީވާން އަލީ ނާސިރު
އުރީދޫއިން ކުރިއަށްގެންދިޔަ ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމުގެ ތެރެއިން -- ފޮޓޯ: އުރީދޫ
about 2 hours 0
އުރީދޫ މޯލްޑިވްސް އިން މި އަހަރުގެ ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމުތައް ފެށުމުގެ ގޮތުން އިސްރަށްވެހިންގެ ނާދީއާއެކު މާލެ އަދި ހުޅުމާލޭގައި ސެޝަންތަކެއް ކުރިއަށް ގެންގޮސްފި އެވެ.
އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން އުރީދޫއިން ފަރުމާކޮށްފައިވާ މި ޕްރޮގްރާމަކީ މިއަދުގެ ޑިޖިޓަލް ދުނިޔެ އިތުރަށް ރަނގަޅަށް އޮޅުންފިލުވައިދިނުމަށް ބައިވެރިންނަށް އެހީތެރިވެދޭ ޕްރޮގްރާމެކެވެ.
"މި ސެޝަންތަކުގެ ތެރޭގައި ސްމާޓްފޯން ބޭނުންކުރުމާއި، ޑިޖިޓަލް ހިދުމަތްތަކާއި، އާންމު ދިރިއުޅުމަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ ޕްރެކްޓިކަލް އޮންލައިން ޓޫލްސް ހިމެނޭ،" އުރީދޫއިން ބުންޏެވެ.
އުރީދޫއިން ކުރިއަށްގެންދިޔަ ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމުގެ ތެރެއިން -- ފޮޓޯ: އުރީދޫ
މި އިނީޝިއޭޓިވްގެ ސަބަބުން އުރީދޫއިން އިންކްލޫސިވް ޑިޖިޓަލް ކުރިއެރުމަށް ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދީ، ޓެކްނޮލޮޖީ ކުރިއަރަމުން ދާއިރު މުޖުތަމައުގެ އެއްވެސް ބަޔަކު، އަދި ހާއްސަކޮށް އިސްރަށްވެހިން ބާކީ ނުވިޔަ ނުދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެއިތުރުން އުރީދޫއިން ބުނީ އުމުރުން ދުވަސްވީ މީހުންގެ ބޭނުންތަކާއި ސްޕީޑަށް ސެޝަންތައް ބަދަލުކޮށް، މި ޕްރޮގްރާމްގެ ސަބަބުން އުނގެނުމުގެ މާހައުލު ވަރަށް ފުރިހަމައަށް ފަހިކޮށްދޭ ކަމަށެވެ.
މުޖުތަމައު ބާރުވެރިކުރުވައި، ޑިޖިޓަލް ދުނިޔެއެއްގައި މުޅި އުމުރަށް އުނގެނުމުގެ ހުނަރު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ އުރީދޫ އިން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންނެވެ.
Comment