Advertisement

ރޭސިން ބަލިކޮށް ބާސެލޯނާ ސްޕެނިޝް ކަޕް ކުއާޓާ ފައިނަލަށް

16 ޖަނަވަރީ 2026 - 09:47 0


ރޭސިން ބަލިކޮށް ބާސެލޯނާ ސްޕެނިޝް ކަޕް ކުއާޓާ ފައިނަލަށް

16 ޖަނަވަރީ 2026 - 09:47 0

މެޑްރިޑް (ޖެނުއަރީ 16) - ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ) ގައި ރޭ ރޭސިން ސަންޓަންޑޭ އަތުން 2-0 އިން މޮޅުވެ ބާސެލޯނާ އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ސްޕެއިނުގެ ދެ ވަނަ ޑިވިޝަނުގެ ތާވަލުގެ އެއް ވަނައިގައި އޮތް ރޭސިން ސަންޓަންޑޭ އިން ވަނީ ފުރަަތަމަ ހާފުގައި ބާސެލޯނާ ހިފެހެއްޓުމުގައި ކާމިޔާބު ހޯދައިފަ އެވެ. އަދި، ފުރަތަމަ ހާފުގައި ބާސެލޯނާ އަށް ރޭސިން ސަންޓަންޑޭގެ ޑިފެންސް ފޫއަޅުވާލައި ގޯލެއް ޖެހޭ ގޮތެއްނުވި އެވެ.

ބާސެލޯނާ އިން ގޯލެއް ޖެހޭތޯ ކުރަމުން އައި މަސައްކަތް ކާމިޔާބުކުރީ މެޗުގެ 66 ވަނަ މިނިޓްގަ އެވެ. އެ ގޮތުން، މި ލަނޑު ޖެހީ މި ސީޒަނުގައި ލަނޑު ޖެހުމުގެ ރަނގަޅު ފޯމެއްގައި ހުރި ފެރާން ޓޮރޭސް އެވެ. މިއީ، ފާމިން ލޮޕޭޒް ތަނަަވަސްކޮށްދިން ފުރުސަތެއްގައި، ރޭސިން ސަންޓަންޑޭ ކީޕަރު، ޖޯކިން އެޒްކިއޭޓާ ކައިރިން ނައްޓާފައި ފެރާން ޖެހި ގޯލެކެވެ. މިއީ، މި ސީޒަނުގަައި ފެރާން ޖެހި 15 ވަނަ ގޯލެެވެ.

މެޗުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި، ބާސެލޯނާގެ ދެ ވަނަ ލަނޑު ރަފީނިއާ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކުރީ ލަމީން ޔަމާލް އެވެ.

ސްޕެނިޝް ކަޕް އިން ބާސެލޯނާގެ ވާދަވެރި ރެއާލް ވަނީ ކަޓައިފަ އެވެ. ރެއާލް ކެޓީ ދެ ވަނަ ޑިވިޝަނުގެ އަލްބަސެޓޭ އަތުންނެވެ. ކުއާޓާ ފައިނަލުގައި ބާސެލޯނާ ކުޅެން ޖެހޭ ޓީމެއް އެނގޭނީ އަންނަ ހޯމަ ދުވަހު އެވެ. މިދިޔަ ސީޒަނުގެ ސްޕެނިޝް ކަޕް ޗެމްޕިއަންކަން ބާސެލޯނާ އިން ހޯދީ ރެއާލް އަތުން ފައިނަލުގައި 3-2 އިން މޮޅުވެގެންނެވެ.