Advertisement

ރަފީނިއާގެ ހެޓްރިކާ އެކު ބާސެލޯނާ އިން ލީޑު ދަމަހައްޓައިފި

about 2 hours 0


ރަފީނިއާގެ ހެޓްރިކާ އެކު ބާސެލޯނާ އިން ލީޑު ދަމަހައްޓައިފި

about 2 hours 0

ބާސެލޯނާ (މާޗް 16) - ސްޕެނިޝް ލީގުގައި ރޭ ރަފީނިއާގެ ހެޓްރިކާ އެކު، 5-2 އިން ސެވިއްޔާ ބަލިކޮށް ބާސެލޯނާ އިން ލީގުގެ އެއް ވަނައިގައި ލީޑު ދަމަހައްޓައިފި އެވެ.

ރޭގެ މެޗަށް ބާސެލޯނާ އިން ނުކުތްއިރު، އެލްޗޭ އަތުން ހޮނިހިރު ދުވަހުގެރޭ މޮޅުވި، ރެއާލް މެޑްރިޑުން ވަނީ ބާސެލޯނާއާ އެއް ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. އެކަމަކު، ބާސެލޯނާ އިން ވަނީ މެޗު ހަމަކުރިއިރު، ހަތަރު ޕޮއިންޓުގެ ލީޑު އަލުން ނަގައިފަ އެެވެ. ބާސެލޯނާ އަށް 28 މެޗުން 70 ޕޮއިންޓް އޮތްއިރު، ރެއާލަށް 28 މެޗުން އޮތީ 66 ޕޮއިންޓެވެ. އަދި، ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 28 މެޗުން 57 ޕޮއިންޓް އަދި، ހަތަރެއްގައި އޮތް ވިޔަރެއާލްގެ އޮތީ 28 މެޗުން 55 ޕޮއިންޓެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ބާސެލޯނާ އިން 21 މިނިޓް ތެރޭ ދެ ގޯލުގެ ލީޑެއް ނެގީ ދެ ޕެނަލްޓީއަކުން ރަފީނިއާ ޖެހި ދެ ލަނޑުންނެވެ. ނުވަ ވަނަ މިނިޓްގައި ފުރަތަމަ ޕެނަލްޓީ ކާމިޔާބުކުރީިއިރު، މި ޕެނަލްޓީ ލިބުނީ ބާސެލޯނާގެ ޖޮއާއޯ ކަންސެލޯ އަށް އޭރިއާތެރެއިން ޖިބްރީލް ސޯ ފައުލުކުރުމުންނެވެ. ދެ ވަނަ ޕެނަލްޓީ ލިބުނީ، ކަންސެލޯގެ ހުރަހެއް ސެވިއްޔާގެ ޖޯސޭ އެންޖެލް ކަރްމޯނާ އަތުގައި ޖެހުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައި، ހޭންޑްބޯލް ކަމަށް ކަނޑައެޅުމުންނެވެ.

މެޗުގެ 38 ވަނަ މިނިޓްގައި ޑެނީ އޮލްމޯ ވަނީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައި ބާސެލޯނާ އަށް ތިން ވަނަ ގޯލެއް ޖަހައިދީފަ އެވެ. ސެވިއްޔާ އަށް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފުރަތަމަ ލަނޑު ޖަހައިދިނީ، އޮސޯ އެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ ރަފީނިއާ ވަނީ ތިން ވަނަ ލަނޑެއް ޖަހައި، ހެޓްރިކް ފުރިހަމަަކޮށްފަ އެވެ. އަދި، އޭގެ ނުވަ މިނިޓް ފަހުން، ކަންސެލޯ ވަނީ ބާސެލޯނާގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ. އިތުރު ވަގުތުގެ ތެރޭގައި، އޮސޯ ދިން ބޯޅައަކުން ސެވިއްޔާގެ ދެ ވަނަ ލަނޑު ޖެހީ ސޯ އެވެ.