Advertisement

ދިރާގުން ދޭ ފުރަތަމަ ސްޕީޑް ބޯޓުގެ ނަސީބުވެރިޔާ ހޮވާނީ މާދަމާ ފޭސް 2 ދިރާގު ބީޗުގައި


ދިރާގުން ދޭ ފުރަތަމަ ސްޕީޑް ބޯޓުގެ ނަސީބުވެރިޔާ ހޮވާނީ މާދަމާ ފޭސް 2 ދިރާގު ބީޗުގައި

ދިރާގުން ކުރިއަށްގެންދާ "އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ފުރަތަމަ ސްޕީޑްބޯޓް ލިބޭ ނަސީބުވެރިޔާ މާދަމާ ހުޅުމާލެ ފޭސް 2 ދިރާގު ބީޗުގައި ހޮވުމަށް ހަމަޖެހިއްޖެ އެވެ.

ދިރާގުން ބުނީ ސްޕީޑްބޯޓް ލިބޭ ނަސީބުވެރިޔާ މާދަމާ ހުޅުމާލެ ސެންޓްރަލް ޕާކުގައި ހޮވުމުގެ ބަދަލުގައި ހުޅުމާލެ ފޭސް 2 ދިރާގު ބީޗުގައި ހަވީރު 4:00 ޖަހާއިރު ހޮވުމަށް ނިންމާފައިވާ ކަމަށެވެ.

ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް ލިބެނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެކެވެ. އެ ސްޕީޑް ބޯޓުގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ވެސް ވަނީ އަޅުވާފަ އެވެ.

ޕްރޮމޯޝަންގެ ދަށުން ފުރަތަމަ ސްޕީޑް ބޯޓު ލިބޭ ނަސީބުވެރިޔާ މި މަހު 16، ގައި ހޮވިޔަސް، ދެވަނަ ސްޕީޑް ބޯޓު ހޯދުމުގެ ފުރުސަތު މާޗު 31، ގެ ނިޔަލަށް ކަސްޓަމަރުންނަށް އަދިވެސް އެބައޮތެވެ.

ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 450ރ. ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުން، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް ބައިވެރިވެވެ އެވެ.

މީގެއިތުރުން އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450ރ. ނުވަތަ އެއަށްވުރެން މަތިން ބިލްދައްކާ ކަސްޓަމަރުންނަށް އަދި ދިރާގު ލިމިޓެއްނެތް ފައިބާ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށް ވެސް ޕްރޮމޯޝަންގައި ބައިވެރިވެވެ އެވެ.

ޕްރޮމޯޝަންގެ ދަށުން ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ލިމިޓެއްނެތް ފައިބާ ކަސްޓަމަރުންނަށް އަދި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ޕްރޮމޯޝަންގައި ބައިވެރިވޭއިރު، ދިރާގުޕޭއަށް ރަޖިސްޓަރީކޮށްގެން ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު އިތުރު ކުރެވެ އެވެ.

ދިރާގު ކަސްޓަމަރުންނަށް އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް 31 މާރިޗު 2026 ގެ ކުރިން އެންރޯލްކުރެވޭނެއެވެ.