15 ފެބުރުވަރީ 2026 - 15:43 0
15 ފެބުރުވަރީ 2026 - 15:43 0
ދިރާގު x އައިސިކް ކާޑު ބޭނުންކުރާ ދަރިވަރުންނަށް ޝަންގްހާއީ ޑިޒްނީލޭންޑަށް ދިއުމުގެ ރަނުގެ ފުރުސަތެއް ލިބޭ ހާއްސަ ރިފަރަލް ޕްރޮމޯޝަނެއް ތައާރަފުކޮށްފި އެވެ.
މާޗް 31، 2026 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގެ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ޗައިނާގެ ޝަންގްހާއީއަށް ދިއުމުގެ ދެކޮޅު ޓިކެޓާއި، ފަސް ރޭގެ ހުރުމުގެ އިތުރުން ޑިޒްނީލޭންޑަށް ވަނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި "ދިރާގު x އައިސިކް ކާޑަށް" ރަޖިސްޓަރީވުމަށްފަހު، އެހެން ކިޔަވާކުދިންނަށް މި ހިދުމަތް ތައާރަފުކޮށް، އެކުދިން ރަޖިސްޓަރީވާއިރު ރިފަރަލްގެ ގޮތުގައި ތައާރަފުކޮށްދިން ފަރާތުގެ ފޯނު ނަންބަރު ޖަހަން ޖެހެއެވެ.
ފެބުރުވަރީ 28، 2026 ގެ ކުރިން މި ކާޑަށް މުޅިން ހިލޭ ރަޖިސްޓަރީވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.
ދިރާގުން ބުނިގޮތުގައި މިއީ ދަރިވަރުންގެ މަސައްކަތުގެ އަގުވަޒަންކޮށް، އެކުދިންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ތަފާތު ތަޖުރިބާތަކެއް ހޯދައިދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
އައިސިކް އެސޯސިއޭޝަނަކީ އިންޓަނޭޝަނަލް ސްޓޫޑެންޓް އައިޑެންޓިޓީ ކާޑު (އައިސިކް) މެނޭޖްކޮށް، ކުރިއަރުވައި ތަރައްގީކުރާ ނޮން-ޕްރޮފިޓް ޖަމިއްޔާއެކެވެ.
ޑެންމާކުގައި ރަޖިސްޓްރީކޮށްފައިވާ މި އެސޯސިއޭޝަނަކީ 150 އަށްވުރެ ގިނަ ކޮމިއުނިޓީ މެންބަރުން އެކުލެވިގެންވާ މެންބަޝިޕް ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ ގޮތްޕެއް ރާއްޖޭގައި ވެސް މިހާރު ވަނީ ހުޅުވއިފަ އެވެ.
Comment