Advertisement

ބަޔާނުން ޖަރުމަނު ލީގުގައި ރެކޯޑް ސީޒަނަކާ ދިމާލަށް

about 2 hours 0


ބަޔާނުން ޖަރުމަނު ލީގުގައި ރެކޯޑް ސީޒަނަކާ ދިމާލަށް

about 2 hours 0

ކޮލޯން، ޖަރުމަނު (ޖެނުއަރީ 15) - ޖަރުމަނު ލީގުގައި ރޭ ފަހަތުން އަރައި ކޮލޯން އަތުން 3-1 އިން މޮޅުވެ، ބަޔާން މިއުނިކުން ރެކޯޑް ސީޒަަނަކާ ދިމާލަށް މިސްރާބު ޖަހައިފި އެވެ.

ކޮލޯންގެ ލިންޓަން މައިނާ އެ ޓީމަށް ލީޑުނަގައިދިން މި މެޗުގައި، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބަޔާނުން ސާޖް ގްނަބްރީގެ ގޯލުން އެއްވަރުކުރި އެވެ. އަދި، ދެ ވަނަ ހާފުގައި ބަޔާން މޮޅުކޮށްދިނީ ކިމް މިން ޖޭ އާއި ލެނާޓް ކާލް ޖެހި ގޯލުތަކުންނެެވެ.

މި މެޗާ އެކު ޖަރުމަނު ލީގުގެ ދެ ބައިކުޅަ އެއްބައި ކުޅުން ނިމުނުއިރު، ބަޔާނުން ވަނީ މީގެ ކުރިން މި ހިސާބަށް އައިއިރު، އެންމެ ގިނަ ޕޮއިންޓް ހޯދި ސީޒަނާ އެއްވަރުކޮށް، އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑެއް ހަދައިފަ އެވެ. އެ ގޮތުން، މި ފަހަރު ބަޔާނުން 17 މެޗުން 47 ޕޮއިންޓް ހޯދިއިރު، މީގެ ކުރިން މި ހިސާބަށް ނިންމި އެންމެ ރަނގަޅު ސީޒަނަކީ، 2015/16 ވަނަ ސީޒަނެވެ. އެ ފަހަރު ވެސް ބަޔާނުން 47 ޕޮއިންޓް ހޯދި އެވެ.

އެކަމަކު، މި ފަހަރުގެ ސީޒަން ހާއްސަވީ، ޕެޕް ގާޑިއޯލާ މީގެ 12 އަހަރު ކުރިން ބަޔާނާ އެކު، ލީގުގައި ފުރަތަމަ 17 މެޗުން ޖެހި ވަރަށް ވުރެން 22 ގޯލު އިތުރަށް ޖަހައިގެން މި ފަހަރު ބަޔާން ކުރީގައި އޮތުމެވެ. ބަޔާނުން ލީގުގެ 17 މެޗުގެ ތެރޭގައި 66 ގޯލު ޖެހި އެވެ. އެންމެ ފަހުން، ބަޔާނުން އެންމެ ގިނަ ލަނޑު ފުރަތަމަ 17 މެޗުގައި ޖެހީ، 2021-22 ސީޒަނުގަ އެވެ. އެ ފަހަރު، 56 ލަނޑު ޖެހި އެވެ.