Advertisement

ބަޔާނުން ހަ އަހަރަށް ފަހު ޖަރުމަނު ކަޕް ސެމީ އަށް

about 16 hours 0


ބަޔާނުން ހަ އަހަރަށް ފަހު ޖަރުމަނު ކަޕް ސެމީ އަށް

about 16 hours 0

މިއުނިކް (ފެބްރުއަރީ 12) - ޖަރުމަނު ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ 2-0 އިން އާރްބީ ލައިޕްޒިގު ބަލިކުރުމަށް ފަހު، ބަަޔާން މިއުނިކުން ހަ އަހަރަށް ފަހު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ބަޔާނުން އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެ ޓީމުން ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ.

އެ ގޮތުން، މެޗުގެ 64 ވަނަ މިނިޓްގައި، ހެރީ ކޭން ވަނީ ބަޔާނަށް ލީޑުނަގައިދީފަ އެވެ. މިއީ، ލިބުނު ޕެނަލްޓީ އަކުން ކޭން ޖެހި ގޯލެކެވެ. މިއީ، މި ފަހަރުގެ ޖަރުމަނު ކަޕްގެ ހަތަރު މެޗުގައި ކޭންގެ ހަ ވަނަ ލަނޑެވެ. އަދި، މި ސީޒަނުގައި 34 މެޗުން ޖެހި 39 ވަނަ ލަނޑެވެ. ޔޫރަޕްގެ ވަރުގަދަ ފަސް ލީގަށް ބަލާއިރު ލަނޑު ލިސްޓުގެ ކުރީގައި އޮތީ ކޭން އެވެ.

ކޭންގެ ގޯލުން ބަޔާނުން ކުރިހޯދިތާ ތިން މިނިޓް ފަހުން، އެ ޓީމުން ލީޑުފުޅާކުރީ، މައިކަލް އޮލީސޭ ދިން ބޯޅައަކުން ލުއިސް ޑިއާޒް ޖެހި ލަނޑުންނެވެ.

ޖަރުމަނު ކަޕްގެ ސެމީގައި ބަޔާނުން ކުޅޭނީ ލެވަކޫސަން ނޫނީ ފްރެއިބާގް އަދި ސްޓުޓްގާޓް ތެރެއިން ޓީމަކާ އެވެ. ގުރުއަތުލުން އޮންނާނީ ހޮނިހިރު ދުވަހު އެވެ.