Advertisement

މެރިން އެކްސްޕޯ: ސްޕޮންސަރުންނާއި ޕާޓްނަރުން އިއުލާނު ކުރީ މޫދު އަޑީގައި

about 2 hours 0

މެރިން އެކްސްޕޯގެ ޕާޓްނަރުން އިއުލާނު ކުރީ މޫދު އަޑީގައި.


މެރިން އެކްސްޕޯ: ސްޕޮންސަރުންނާއި ޕާޓްނަރުން އިއުލާނު ކުރީ މޫދު އަޑީގައި

about 2 hours 0

ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ ރަސްމީ މައުރަޒު، "މޯލްޑިވްސް މެރިން އެކްސްޕޯ 2026" ޕާޓްނަރުންނާއި ސްޕޮންސަރުން މޫދު އަޑީގައި ބޭއްވި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިއުލާންކޮށްފިއެވެ.

މީޑިއަމް އިވެންޓްސް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކުރާ މި މައުރަޒަކީ ރާއްޖޭގައި ބާއްވާ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު މެރިން އެކްސްޕޯއެވެ.

މި އަހަރުގެ އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ގަލްފް ކްރާފްޓެެވެ. މީގެ އިތުރުން ކޯ-ސްޕޮންސަރުންގެ ގޮތުގައި ލިއޯ ސްޓޯރު އެންޑް ސަޕްލައި، އެމްޓީސީސީ، ހިމެނޭއިރު، އެހެން ޕާޓްނަރުންގެ ތެރޭގައި އޯޝަން ގްރޫޕް، ސީގިއާ، މާކިއުރީ (ހަސަން މަރިން)، މެރިން މާސްޓާ، އަލްޝާލީ މެރިން، ޕާމް ޓްރީ މޯލްޑިވްސް، މެކޭނިޒަމް މޯލްޑިވްސް، ހޮންޑާ މެރިން (މެރިން ވައިބް)، އެސްޓީއޯ، އެމްޕީއެލް، އެލައިޑް، އުރީދޫ ހިމެނެ އެވެ. މީގެ އިތުރުން ވެސް ބައެއް ދާއިރާތަކުން ޕާޓްނަރުން ބައިވެރިވެ އެވެ.


އަންނަ މަހު 5 އިން 8 އަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ މި އެކްސްޕޯގައި ކަނޑުދަތުރުފަތުރާއި، ބޯޓު ބަނުމާއި، މަސްވެރިކަމާއި، ޑައިވިން އަދި ވޯޓަ ސްޕޯޓްސްގެ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގެ އުފެއްދުންތަކާއި ހިދުމަތްތައް ދައްކާލާނެ އެވެ. އަދި އާ އުފެއްދުންތައް ބާޒާރަށް ނެރުމާއި، މި ދާއިރާގެ ޕްރެޒެންޓޭޝަންތައް ވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށްދާނެއެވެ.

ހާއްސަ ހަރަކާތްތައް

  • އާ ޑައިވަރުންނާއި ތަޖުރިބާކާރު ޑައިވަރުންނަށް ހާއްސަކޮށްގެން ކޮންމެ ދުވަހަކު ހެނދުނު ކުރިއަށްގެންދާ ޑައިވް ދަތުރުތައް.
  • ފެބުރުވަރީ 6 ވާ ހުކުރު ދުވަހުގެ ރޭ، މި ދާއިރާގެ މަސައްކަތްތެރިންނާއި ކެޕްޓަނުންނާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތު
  • ދާއިރާގެ މުހިންމު މައުލޫމާތުތައް ހިއްސާކޮށް މަޝްވަރާކުރުމަށް ބާއްވާ ސެޝަންތައް

މި އެކްސްޕޯއަށް ޒިޔާރަތްކުރުމުގެ ފުރުސަތު އާންމުންނަށް ހިލޭ ހުޅުވާލެވިފައިވާއިރު، ރަޖިސްޓްރީވާ ފަރާތްތަކުގެ މެދުގައި 'ވިޒިޓް އެންޑް ވިން' ޕްރޮމޯޝަނެއް ކުރިއަށްދާނެއެވެ. މި މައުރަޒަކީ ރާއްޖޭގެ ކަނޑުގެ ސިނާއަތުގެ ކުރިމަގު ބައްޓަންކުރުމަށާއި، ވިޔަފާރިތައް ކުރިއެރުވުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެއް ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.