Advertisement

ޓޮމާޓޯ ކެއުމުން ހިރުގަނޑުގެ ބަލިތަކުން ސަލާމަތް ކޮށްދޭނެ

about 6 hours 0


ޓޮމާޓޯ ކެއުމުން ހިރުގަނޑުގެ ބަލިތަކުން ސަލާމަތް ކޮށްދޭނެ

about 6 hours 0

ހިރުގަނޑުގެ ބަލިތަކަކީ ކޮންމެ މީހަކަށް ވެސް، އުމުރުގެ ވަކި ހިސާބަކުން ކުރިމަތިވާ އުނދަގޫ މައްސަލައެކެވެ. އުމުރުން ދުވަސްވުމުން މި އުނދަގޫ ތަހައްމަލުކުރަންޖެހޭ މިންވަރު އިތުރުވެއެވެ. ނަމަވެސް މި އުނދަގޫ ތަހައްމަލު ކުރުމުގައި އަންހެނުންނަށް ވުރެ ފިރިހެނުން އުފުލަންޖެހޭ ތަކުލީފުތައް ގިނަ ކަމަށް ދިރާސާތަކުން ދައްކައެވެ.

ފަހުގެ ދިރާސާތަކުން ޔަގީންވާ ގޮތުގައި ކާނާގެ ތެރޭގައި ލައިކޮޕީން މަދުވުމަކީ، އުމުރުން ދުވަސްވެފައިވާ މީހުންނަށް ހިރުގަނޑުގެ ބަލިތައް ޖެހުމުގެ ނުރައްކާ އިތުރުވާ ކަމެކެވެ. ލައިކޮޕީންއަކީ ބައެއް ބާވަތުގެ މޭވާ އާއި ތަރުކާރީގައި އެކުލެވޭ ގުދުރަތީ މާއްދާއެކެވެ. މިއީ ހަށިގަނޑުގެ އެކި ގުނަވަންތަކުގެ ސެލްތަކަށް ގެއްލުންވިޔަ ނުދީ ހިމާޔަތްކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ.

އާންމު ގޮތެއްގައި ލައިކޮޕީން އެކުލެވެނީ ރަތް ކުލައިގައި ހުންނަ މޭވާ އާއި ތަރުކާރީގައެވެ. ހާއްސަކޮށް ޓޯމާޓޯގައި މި މާއްދާ އެކުލެވޭ މިންވަރު އިތުރުކަން ފާހަގަކުރެވެއެވެ. އޭގެ އިތުރުން ކަރާ، ދަނބު ކުލައިގެ ގްރޭޕްފުރުޓް، ރަންގު ފޭރު، ފަޅޯ، އެޕްރިކޮޓް އަދި އަންނާރުގައި ވެސް ލައިކޮޕީން އެކުލެވެއެވެ.

އުމުރުން 65 އަހަރާއި 79 އަހަރާ ދެމެދުގެ 1227 މީހަކު ބައިވެރިކޮށްގެން ދާދި ފަހުން ހެދި ދިރާސާއަކުން އެނގުނު ގޮތުގައި ދުވަހުން ދުވަހަށް ކާ ތަކެތީގެ ތެރޭގައި ލައިކޮޕީން އެކުލެވޭ ނިސްބަތް ދަށްވި ވަރަކަށް، ހިރުގަނޑުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. މި ދިރާސާގައި ބައިވެރިވި މީހުންގެ ގާތްގަނޑަކަށް ދެ ބައިކުޅަ އެއްބައި މީހުންނަކީ ދަތްތަކަށް ބާރު ލިއްބައިދޭ ޓިޝޫތަކާއި ކަށިތަކަށް ޖެހޭ ބައްޔެއް ކަމަށްވާ ޕެރިއޮޑޮންޓިޓިސް ޖެހިފައިވާ މީހުންނެވެ.

ޓޫލާން ޔުނިވަސިޓީ އާއި ޔުނިވަސިޓީ އޮފް ކެލިފޯނިއާ އާއި ޔޫނާން ޔުނިވަސިޓީ އާއި ސަދަން އިލިނޮއިސް ޔުނިވަސިޓީ އާއި ލޫސިއާނާ ސްޓޭޓް ޔުނިވަސިޓީގެ ސައެންސްވެރިން ބައިވެރިވި މި ދިރާސާގައި، ހިރުގަނޑަށް ޖެހޭ ބަލިތަކާއި އެމީހުންގެ އުމުރާއި ޖިންސާއި ނަސްލާއި ތައުލީމީ ފެންވަރާއި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އާދަ ހުންނަ ގޮތް ވެސް އަޅައިކިޔާފައިވެއެވެ.

އެ ހުރިހާ ސަބަބުތަކެއް އަޅައިކިޔުމުން ފާހަގަކުރެވުނީ، ކެއުމުގައި ލައިކޮޕީން އެކުލެވޭ ތަރުކާރީ އާއި މޭވާ ނުހިމަނާ މީހުންނާ އަޅައި ބަލާއިރު، އެ ބާވަތުގެ މޭވާ އާއި ތަރުކާރީ ކާ މީހުންނަށް، ހިރުގަނޑުގެ ބަލިތައް ޖެހުމުގެ ނުރައްކާ ތިން ގުނަ ދަށް ކަމެވެ. މީގެ އިތުރުން ފާހަގަކުރެވުނީ، ކާނާގައި ލައިކޮޕީން ހިމެނިޔަސް، ހިރުގަނޑުގެ ބަލިތައް ޖެހުމާއި ނުޖެހުމުގެ ނުރައްކާ އެންމެންގެ މެދުގައި އެއްވަރު ނޫން ކަމެވެ.

އެ ގޮތުން، ލައިކޮޕީން އެކުލެވޭ ތަރުކާރީ އާއި މޭވާ ނުކާ މީހުންގެ ތެރެއިން ވެސް، ހިރުގަނޑުގެ ބަލިތައް ޖެހުމުގެ ނުރައްކާ ބޮޑީ ފިރިހެނުންނަށެވެ. މިއިން އެނގެނީ، ކާނާއިން ހަށިގަނޑަށް ލިބޭ ފައިދާގައި ވެސް، އަންހެނުންނާއި ފިރިހެނުން ތަފާތު ކަމެވެ. ދަ ޖާނަލް އޮފް ނިއުޓްރީޝަން، ހެލްތު އެންޑް އޭޖިންގައި ޝާއިއުކޮށްފައިވާ މި ދިރާސާގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން ކާނާގެ ތެރޭގައި އެކަށީގެންވާ މިންވަރަކަށް ލައިކޮޕީން ހިމެނުމަކީ، ހިރުގަނޑުގެ ބަލިތައް ޖެހުމުގެ ނުރައްކާ ކުޑަކޮށްދޭނެ ކަމެކެވެ.