about 1 hour 0
ލީވާން އަލީ ނާސިރު
އޭސީސީން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: އެ ކޮމިޝަނުން ޕަބްލިކް ވޯކްސްއަށް 500 މުވައްޒަފުން ނަގާ މައްސަލަ ބަލަމުންދަކަން ސާފުކޮށްދީފައެއް ނުވޭ -- ފޮޓޯ: އޭސީސީ
about 1 hour 0
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ޕަބްލިކް ވޯކްސްއަށް 500 އަށްވުރެ ގިނަ މުވައްޒަފުން ނަގާ މައްސަލަ ބަލާކަން ނުވަތަ ނޫންކަން ބުނަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދެކޮޅު ހަދައިފި އެވެ.
ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ވަނީ ޕަބްލިކް ވޯކްސްގެ ހިދުމަތް އަތޮޅު ތެރޭގައި ފުޅާކުރަން 500 އަށްވުރެ ގިނަ މުވައްޒަފުން އަންނަ މަހުގެ ކުރިން ނަގާނެ ކަމަށް ވިދާޅުވެފަ އެވެ.
މިކަމާ ގުޅިގެން އަދަދު އިން ތަކުރާރުކޮށް އޭސީސީއަށް ގުޅައި މި މައްސަލަ ކޮމިޝަނުން އިސްނަގައިގެން ވިޔަސް ބަލަމުންދޭތޯ ސުވާލުކުރުމުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ ލަސްވެގެން ފެބްރުއަރީ މަސް އަންނަންވާއިރަށް އެ ހުރިހާ 19 ޔުނިޓް ގާއިމުކުރެވި އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ލިބި މީހުން ވެސް އެތަންތަނަށް ހަމަވެގެންދިޔުން. މިހާރު އަޅުގަނޑުމެން އަންދާޒާއަށް ބަލާއިރު މިދެންނެވި ތަންތަނަށް ގާތްގަނޑަކަށް 550 ވަރު 520 ވަރުގެ އަދަދަކަށް އަލަށް މުވައްޒަފުން ނެގިގެންދާނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވީ ޕަބްލިކް ވޯކްސްގެ މަސައްކަތްތައް އަތޮޅުތެރެއަށް ފުޅާ ކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދަނީ ރައީސް މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު ކަމަށެވެ.
ވޯޓު ގަންނަ ކެންޑިޑޭޓުންނަކީ ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިގަނެ އެ މީހުންގެ އަމިއްލަ މަސްލަހަތަށް މަސައްކަތް ކުރާ ބައެއް ކަމަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ދުވަސްވަރު ތާއީދު ހޯދުމަށް ރިޝްވަތު ދީފި ނަމަ ރިޕޯޓު ކުރުމަށް އޭސީސީން މިދިޔަ ހޯމަ ދުވަހު އެދުނެވެ.
ރިޝްވަތު ދިނުމާއި ހިފުމަކީ ގާނޫނީ ކުށެއްކަން ހަނދާން ކޮށްދީ އޭސީސީން ވަނީ އެފަދަ ކަމެއް ފާހަގަކުރެވިއްޖެ ނަމަ ރިޕޯޓު ކުރުމަށް އެދިފަ އެވެ. އަދި އެފަދަ އެއްވެސް މައްސަލައެއް ނުބަލައި ދޫކޮށްނުލާނެ ކަމުގެ ޔަގީންކަން ވެސް އެ ކޮމިޝަނުން ވަނީ ދީފަ އެވެ.
ނަމަވެސް އިންތިހާބާ ދިމާކޮށް ސަރުކާރުން ވަޒީފާތައް ދެމުންދާއިރު އޭގެއިން އެއްވެސް މައްސަލައެއް ބަލާކަން އޭސީސީން ހާމަކޮށްފައެއް ނުވެ އެވެ. އެ ކޮމިޝަނުން ކޮންމެ އިންތިހާބާ ދިމާކޮށް ވެސް މައްސަލަތައް ބަލާނެ ކަމުގެ ޔަގީންކަން ދޭއިރު، މިދިޔަ މަޖިލިސް އިންތިހާބާ ގުޅިގެން ހުށަހެޅި މައްސަލަތައް ވެސް ނުބަލަ އެވެ.
ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން ދަނީ އެކި ވަޒީފާތައް އުފައްދައި މީހުންނަށް ދެމުންނެވެ. އޭގެއިތުރުން އިންތިހާބަށް ނުފޫޒު ފޯރާނެ ގޮތަށް ދާދި ފަހުން ސަރުކާރުން ވަނީ ހިރިމަރަދޫ ކައުންސިލް އުވާލައި، އެ ރަށުގެ ރައްޔިތުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ހަނިމާދޫ ރައްޔިތުންގެ ގޮތުގައި އެ ދާއިރާއަށް ވޯޓުލާ ގޮތަށް ހަމަޖައްސާފަ އެވެ.
Comment