about 2 hours 0
ލީވާން އަލީ ނާސިރު
ހުޅުމާލޭގައި ހުންނަ އުރީދޫގެ މައި އޮފީސް އިމާރާތް: އުރީދޫން ރާއްޖޭގައި ހިދުމަތްދޭތާ 20 އަހަރު ވެއްޖެ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
about 2 hours 0
އުރީދޫގެ 5G ހިދުމަތް ރާއްޖޭގެ 80 ޕަސަންޓަށް ފުޅާކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އުރީދޫއިން ބުނީ ރާއްޖޭގެ 80 ޕަސަންޓަށް 5G ނެޓްވޯކް ފުޅާކުރުމަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތުމައުތައް ބާރުވެރިކުރުމަށް އެޅުނު މުުހިންމު ފިޔަވަޅެއް ކަމަށެވެ.
އުރީދޫ އިން 5G މެދުވެރިކޮށް ކަސްޓަމަރުންނަށް އަލްޓްރާ ފާސްޓް ސްޕީޑް، ލޯ ލޭޓެންސީ އަދި ޒަމާނީ ޑިޖިޓަލް ލައިފްސްޓައިލް ސަޕޯޓްކުރާ ޕާފޯމަންސް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"ހައި-ޑެފިނިޝަން ސްޓްރީމިން އަދި އޮންލައިން ގޭމިން އިން ފެށިގެން ރިމޯޓް ވޯކް، ލާނިންގް، ކޮންޓެންޓް ކްރިއޭޝަން އަދި ސްމާޓް ހޯމް ސޮލިއުޝަންސް ފަދަ ހިދުމަތްތައް ފޯރުކޮށްދޭ އުރީދޫގެ 5ޖީ ނެޓްވޯކް މެދުވެރިކޮށް ކަސްޓަމަރުންނަށް މިނިވަންކަމާއެކު ގުޅެވޭނެ،" އުރީދޫއިން ބުންޏެވެ.
އުރީދޫއިން ބުނީ އެ ކުންފުނީގެ 5G ނެޓްވޯކް ފުޅާކުރުމުގެ މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑޭޓާ ބޭނުންކޮށްގެން ފޯރުކޮށްދޭ ހިދުމަތްތަކަށް އޮތް ޑިމާންޑަށް ބަލައި، ގޭބިސީތަކާއި ވިޔަފާރިވެރިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.
"އިތުބާރު ހިފޭ ހައި ސްޕީޑް ކަނެކްޓިވިޓީ ފޯރުކޮށްދިނުމުގެ ސަބަބުން އުރީދޫގެ ކަސްޓަމަރުންނަށް އާ ފުރުސަތުތައް ހޯދައިދީ، އުފެއްދުންތެރިކަން އިތުރުކޮށް، މުއްސަނދި ޑިޖިޓަލް ތަޖުރިބާ އެއްވެސް ހުރަހެއް ނެތި ލިބިގެންދާނެ. މިއީ ޒަމާނީ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ޚިދުމަތްތަކަށް ބެނުންވާ ޓެކްނޮލޮޖީ ފަހިކޮށްދެވޭނެ ނެޓްވޯކެއް،" އުރީދޫއިން ބުންޏެވެ.
އެ ކުންފުނީގެ 5G ނެޓްވޯކް ކޮންމެ އަހަރަކު ވެސް އަންނަނީ އިތުރަށް ފުޅާކުރަމުންނެވެ.
އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އީޖާދީ އުފެއްދުންތައް ކަސްޓަމަރުންނާ ގާތްކޮށްދީ، އާންމު ދިރިއުޅުމަށް އިތުރު ފުރިހަމަ ގުޅުންތަކެއް ފަހިކޮށްދިނުމަށެވެ.
Comment