Advertisement

އަށް އަހަރަށް ފަހު މާޓެސާކާ އާސެނަލް އެކަޑަމީ ކޯޗުކަން ދޫކޮށްލައިފި

13 ޖަނަވަރީ 2026 - 08:24 0


އަށް އަހަރަށް ފަހު މާޓެސާކާ އާސެނަލް އެކަޑަމީ ކޯޗުކަން ދޫކޮށްލައިފި

13 ޖަނަވަރީ 2026 - 08:24 0

ލަންޑަން (ޖެނުއަރީ 13) - އަށް އަހަރު އާސެނަލްގެ އެކަޑަމީގެ ކޯޗަކަށް ރަނގަޅު މަސައްކަތްތަކެއް ކުރި ޖަރުމަނުގެ ކުރީގެ ޑިފެންޑަރު، ޕާ މާޓެސާކާ، އެ މަގާމު ދޫކޮށްލަން ނިންމައިފި އެވެ.

އާސެނަލަށް 2011 ވަނަ އަހަރު ބަދަލުވި، މާޓެސާކާ ވަނީ އެ ޓީމަށް 2018 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް ކުޅެފަ އެވެ. އޭގެ ފަހުން، ފުޓްބޯޅަ ކުޅުމުން ރިޓަޔާކުރުމަށް ފަހު، އޭނާ ގުޅުނީ އާސެނަލް އެކަޑަމީއާ އެވެ. އެ ޓީމުގެ ކޯޗިން ސްޓަޕްގެ ތެރެއިން ރަނގަޅު އޮނިގަނޑެއް އެކުލަވާލައި، އާސެނަލްގެ ފުރަތަމަ ޓީމާ ހަމައަށް ކުޅުންތެރިން ގެނައުމުގެ މޭސްތިރިއަކީ، މާޓެސާކާ އެވެ.

އެ ގޮތުން، އާސެނަލްގެ އެކަޑަމީން މާޓެސާކާ، ޑިވެލޮޕްކުރި ކުޅުންތެރިންނަށް ބަލާއިރު، މާޓިން ލެވިސް-ސްކެލީ، އީތަން ވަނޭރީ، އަދި، މެކްސް ޑައުމަން ހިމެނެ އެވެ. މި ކުޅުންތެރިންނަކީ، މި ވަގުތު އާސެނަލްގެ ސީނިއާ ޓީމުގައި، އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ވެސް ބޭނުންކުރަމުން އަންނަ ކުޅުންތެރިންނެވެ.

އާސެނަލް ދޫކޮށްލުމާ ބެހޭގޮތުން، މާޓެސާކާ ބުނީ، މިއީ ކެރިއަރުގައި އާ މިސްރާބަކަށް ދާން ޖެހޭ ވަގުތު ކަމަށް ފެންނާތީވެ، އާ ޗެލެންޖެއް ނެގުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެ ގޮތުން، ކޯޗިން ކެރިއަރު ކުރިއަށްގެންދިއުމަށްޓަކައި، މި ވަގުތު އާސެނަލް ދޫކޮށްލަން ޖެހޭ ކަމަށް މާޓެސާކާ ވަނީ ބުނެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ޖަރުމަނާއި އިޓަލީ އަދި ސްޕެއިންގެ ކްލަބްތަކުން މާޓެސާކާ އަށް ވަނީ އޮފާތަކެއް ލިބިފަ އެވެ.