މެޑްރިޑް (ޖެނުއަރީ 13) - ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލުގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން، ރެއާލް މެޑްރިޑްގެ ވިނީޝިއުސް ޖޫނިއާ ކައިރިން އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ މާފަށް އެދިއްޖެ އެވެ.
ރެއާލުން ސްޕެނިޝް ސުޕަ ކަޕް ފައިނަަލަށް ދިޔައީ ސެމީ ފައިނަލުގައި 2-1 އިން އެތުލެޓިކޯ ބަލިކޮށްފަ އެވެ. އެ މެޗުގެ 81 ވަނަ މިނިޓްގައި ވިނީޝިއުސް، ބަދަލުކުރި ވަގުތު، އޭނާ އާއި ސިމިއޯނީގެ ދެމެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައިވެ އެވެ. އެކަމާ ގުޅޭގޮތުން، ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ ވާހަކަ ދައްކަވައިފަ އެވެ.
"އަހަރެން ބޭނުން ވިނީޝިއުސް އާއި ފްލޮރެންޓީނޯ (ޕެރޭޒް)ގެ ކިބައިން މާފަށް އެދެން، އެ މީހުންނަށް އެ ފެންނަން ޖެހުނު މަންޒަރާ ހެދި،" ސިިމިއޯނީ ބުންޏެވެ.
"އަހަންނަށް އެ ވަގުތު ކަންކަން ކުރެވުނީ އެންމެ ރަނގަޅަކަށް ނޫން ކަމަށް ގަބޫލުކުރެވޭ. މެޗުން މޮޅުވެގެން ކުރިއަށްދާން ޖެހޭ ޓީމަށް އެ ފުރުސަތު ލިބުނީ، ކުރިއަށް ދާން ޖެހޭ ޓީމު ކުރިއަށްދިޔައީ،"
ސިމިއޯނީ ބުނީ، މާފަށް އެދުނު ކަމުގައި ވިޔަސް، އެ ކަމަށް ތަކުރާރުކޮށް އެދި މާފު ހޯދަން މަަސައްކަތް ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
ސުޕަ ކަޕް ފައިނަލުގައި މި ފަހަރު ވެސް ރެއާލް ވަނީ ބާސެލޯނާ އަތުން ބަލިވެފަ އެވެ. އެ ގޮތުން، މި ފަހަރުގެ ފައިނަލުގައި ރެއާލް ބަލިވީ 3-2 އިންނެވެ.
Comment