Advertisement

ނައިފަރާއި ހިންނަވަރުން ފެށީ މޮޅަކުން

about 2 hours 0

ހިންނަވަރު ކުޅުންތެރިން ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ


ނައިފަރާއި ހިންނަވަރުން ފެށީ މޮޅަކުން

about 2 hours 0

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޅ. އަތޮޅުގެ މެޗުތައް ހިންވަރާއި ނައިފަރުން މޮޅަކުން ފަށައިފި އެވެ.

ޅ. އަތޮޅުން މި ފަހަރުގެ މުބާރާތުގައި ހަތަރު ޓީމެއް ވާދަކުރާއިރު ކުރިއަށްދަނީ ލީގު ބުރެކެވެ. އެ ގޮތުން، ލީގު ބުރުގައި ކުޅުނު ފުރަތަމަ މެޗުތައް ރޭ ކުރިއަށްދިޔައިރު، ހިންނަވަރުން ވަނީ 4-3 އިން އޮޅުވެލިފުށި ބަލިކޮށްފަ އެވެ.

އަދި، އެންމެ ފަހުގެ ޗެމްޕިއަން، ކުރެންދޫ އަތުން ނައިފަރު ވަނީ 1-0 އިން މޮޅުވެފަ އެވެ.

ނައިފަރަށް ރޭގެ މެޗުގައި ލަނޑު ޖަހައިދިން ފައިޓޯ: އަނިޔާގައި ހުރެ ކުޅެން ނުކުމެ މޮޅު ކުޅުމެއް ދެއްކި،---- ފޮޓޯ: އަދަދު ސްޕޯޓްްސް / އިމޭޖަސް.އެމްވީ


ރޭގެ މެޗުގައި ހިންނަވަރުގެ ލަނޑުތައް ޖެހީ އަހުމަދު ޒިއާން މުހައްމަދު ދެ ގޯލާއި ހުސެއިން މުހައްމަދު ދެ ގޯލެވެ. އަދި، އޮޅުވެލިފުށިން ވަނީ މަފާޒް އަބްދުލް ޝަކޫރް އާއި މުހައްމަދު ސުހެއިލް އަދި އިޔާޒް އިލްޔާސް ލަނޑު ޖަހައިފަ އެވެ.

ކުރެންދޫ އާއި ނައިފަރުގެ ކުރިމަތިލުން ފޯރިގަދަކޮށް ފެނިގެންދިޔައިރު، މި މެޗުގެ ހަމައެކަނި ލަނޑު ނައިފަރު ޓީމުން ދެ ވަނަ ހާފުގެ ކުޅުން ފެށިގެން މިނިޓެއް ނުވަނީސް ކާމިޔާބުކުރީ ހުސެއިން ފައިސަލް (ފައިޓޯ) އެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތުގައި ފައިޓޯ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ތިން ޓީމު ވާދަކުރާ ވ. އަތޮޅުގެ މެޗުތައް ރޭ ފެށިއިރު، ފެލިދޫ އާއި ފުލިދޫގެ ކުރިމަތިލުން ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު 119 ޓީމުން ކުޅޭއިރު، މުބާރާތުގައި މިއަދު ހަވީރު ހަތަރު މެޗު އަދި މިރޭ އަށް މެޗު ކުޅޭނެ އެވެ.

16:00 - އއ. މާޅޮސް - އއ. ބޮނޑުފޮޅުދޫ

16:00 - އއ. މަތިވެރި - އއ. ތޮއްޑޫ

17:00 - ގއ. ދާންދޫ - ގއ. ކޮލަމާފުށި

17:00 - ގއ. ގެމަނަފުށި - ގއ. ކަނޑުހުޅުދޫ

--------------------------------------------

20:00 - މ. ކޮޅުފުށި - މ. ނާލާފުށި

20:00 - މ. މުލައް - މ. މަޑުއްވަރީ

21:00 - ފ. ފީއަލީ - ފ. ބިލެއްދޫ

21:00 - ފ. ދަރަނބޫދޫ - ފ. މަގޫދޫ

22:00 - ކ. ކާށިދޫ - ކ. ގުޅި

22:00 - ކ. ދިއްފުށި - ކ. ގުރައިދޫ

23:00 - ކ. މާފުށި - ކ. ގާފަރު

23:00 - ގއ. ނިލަންދޫ - ގއ. ވިލިނގިލި