Advertisement

ދިރާގުން ދޭ ފުރަތަމަ ސްޕީޑް ބޯޓު ލިބޭ ނަސީބުވެރިޔާ ހޮވުން މި މަހު 16 ގައި

ދިރާގުން ދޭ ސްޕީޑް ބޯޓު: އެ ސްޕީޑް ބޯޓު ލިބޭ ނަސީބުވެރިޔާ ހޮވުން އޮތީ މި މަހު 16، ގައި -- ފޮޓޯ: ދިރާގު


ދިރާގުން ދޭ ފުރަތަމަ ސްޕީޑް ބޯޓު ލިބޭ ނަސީބުވެރިޔާ ހޮވުން މި މަހު 16 ގައި

ދިރާގުން ކުރިއަށްގެންދާ "އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ފުރަތަމަ ސްޕީޑްބޯޓް ލިބޭ ނަސީބުވެރިޔާ މި މަހުގެ 16، ވާ ހުކުރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ ރަސްމިއްޔާތެއްގައި ހޮވުމަށް ހަމަޖެހިއްޖެ އެވެ.

ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް ލިބެނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެކެވެ. އެ ސްޕީޑް ބޯޓުގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ވެސް ވަނީ އަޅުވާފަ އެވެ.

ޕްރޮމޯޝަންގެ ދަށުން ފުރަތަމަ ސްޕީޑް ބޯޓު ލިބޭ ނަސީބުވެރިޔާ މި މަހު 16، ގައި ހޮވިޔަސް، ދެވަނަ ސްޕީޑް ބޯޓު ހޯދުމުގެ ފުރުސަތު މާޗު 31، ގެ ނިޔަލަށް ކަސްޓަމަރުންނަށް އަދިވެސް އެބައޮތެވެ.

ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 450ރ. ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުން، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް، އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450ރ. ނުވަތަ އެއަށްވުރެން މަތިން ބިލްދައްކާ ކަސްޓަމަރުންނަށް އަދި ދިރާގު ލިމިޓެއްނެތް ފައިބާ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށް ޕްރޮމޯޝަންގައި ބައިވެރިވެވެ އެވެ.

މީގެއިތުރުން މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ލިމިޓެއްނެތް ފައިބަރ ކަސްޓަމަރުންނަށް އަދި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ޕްރޮމޯޝަންގައި ބައިވެރިވޭއިރު، ދިރާގުޕޭއަށް ރަޖިސްޓަރީކޮށްގެން މި ޕްރޮމޯޝަންގެ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު އިތުރުވެ އެވެ.

ދިރާގު ކަސްޓަމަރުންނަށް އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް 31 މާރިޗު 2026 ގެ ކުރިން އެންރޯލްކުރެވޭނެއެވެ.