Advertisement

ފިއްލަދޫ ސެމީ އަށް، ނޮޅިވަރަންފަރަށް ތިން ވަނަ މޮޅު

about 19 hours 0

ފިއްލަދޫ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ


ފިއްލަދޫ ސެމީ އަށް، ނޮޅިވަރަންފަރަށް ތިން ވަނަ މޮޅު

about 19 hours 0

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ހއ. ފިއްލަދޫން އަތޮޅު ސެމީ ފައިނަލަށް ދިޔައިރު ހދ. ނޮޅިވަރަންފަރު ކުޅުނު ތިން ވަނަ މެޗުން ވެސް މޮޅުވެ، ބާކީ މެޗެއް އޮއްވައި އަތޮޅު ސެމީ ފައިނަލުގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ މި އަހަރުގެ މުބާރާތުގައި، ފިއްލަދޫން ކުޅުނު ތިން ވަނަ މެޗުގައި ރޭ ކެލާ އަތުން މޮޅުވީ 2-1 އިންނެވެ. އޭގެ ކުރިން ފުރަތަމަ ދެ މެޗުގައި ވަނީ ތުރާކުނު އަތުން 2-1 އިން އަދި ބާރަށް އަތުން 4-1 އިން މޮޅުވެފަ އެވެ.

ހއ. އަތޮޅުގައި 10 ޓީމު ކުޅޭއިރު މެޗުތައް ކުރިއަށްދަނީ ފަސް ޓީމުގެ ދެ ގްރޫޕްގެ މެދުގަ އެވެ. އެ ގޮތުން، ގްރޫޕް އޭގެ އެއް ވަަނައިގައި ފިއްލަދޫ އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ކެލާ އަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިިބިފައިވާއިރު، ތިން ވަނައިގައި ބާރަށް އޮތީ ރޭ 6-1 އިން ހޯރަފުށި ބަލިކޮށް، ދެ މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ. ހަތަރެއްގައި އޮތް ހޯރަފުއްޓަށް ދެ މެޗުން ޕޮއިންޓެއް ލިބިފައިވާއިރު، ފުލުގައި އޮތް ތުރާކުނު ވަނީ ދެ މެޗު ކުޅެގެން އެ ދެ މެޗުން ވެސް ބަލިވެފަ އެވެ.

ރޭގެ މެޗުގައި ފިއްލަދޫގެ ދެ ލަނޑު ވެސް ޖެހީ އާދަމް ޝާއިދު މުހައްމަދު އެވެ. އަދި، ކެލާގެ ލަނޑު ޖެހީ އިބްރާހިމް ރިޝާލް އެވެ. ބާރަށުން ރޭ ހޯރަފުށި ކޮޅަށް ލަނޑުތައް ޖެހީ މުހައްމަދު މާއިޝް ދެ ގޯލުގެ އިތުރުން، އަހުމަދު ފައިޒާން، އަބްދުﷲ މިސްބާހު، އަހުމަދު ސަޒީމް އަދި މުހައްމަދު ޒުއިދޯން އަލީ (ޒައިދު) އެވެ. އަދި، ހޯރަފުށީގެ ހަމައެކަނި ލަނޑު ޖެހީ އާދަމް މާހިލް އެވެ.


ހއ. އަތޮޅުގެ ގްރޫޕް ބީގައި ރޭ މާރަންދޫ އަތުން މުރައިދޫ ވަނީ އިޔާން އަހުމަދު ރަޝީދު ޖެހި ގޯލުން 1-0 އިން މޮޅުވެފަ އެވެ. އަދި، މި ގްރޫޕްގެ އަނެއް މެޗުން، ވަށަފަރުން ވަނީ 4-0 އިން ދިއްދޫ ބަލިކޮށްފަ އެވެ. ހަތަރު ރަތް ކާޑު ފެނިގެންދިޔަ މި މެޗުގައި، ވަށަފަރުގެ ލަނޑުތައް ޖެހީ، އަބްދުﷲ ސިނާން ދެ ގޯލާއި އަހުމަދު މަކްތޫމް މުސްތަފާ އަދި އަލީ ރިސްވާން އަހުމަދު (ރިސޭ) އެވެ.

މި ގްރޫޕްގެ އެއްވަނައިގައި އޮތް ވަށަފަރަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މުރައިދޫ އަށް ވަނީ ދެ މެޗުން ހަ ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނައިގައި އޮތް މާރަންދޫ އަށް ދެ މެޗުން ތިން ޕޮއިންޓް ހޯދައިފަ އެވެ. އަދި، ހަތަރެއްގައި އޮތް ދިއްދޫ އަށް ތިން މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް އުތީމު ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.

ހދ. ގެ ގްރޫޕް އޭގައި ރޭ ނޮޅިވަރަންފަރުން ވަނީ 3-1 އިން މަކުނުދޫ ބަލިކޮށްފަ އެވެ. ނޮޅިވަރަންފަރުގެ ލަނޑުތައް ޖެހީ އާދަމް ސައީދު، މުހައްމަދު ސަމީހު ހަސަން ފަޔާޒް އަދި އަކްރަމް އަބްދުލް ރަޝީދު އެވެ. މަކުނުދޫގެ ލަނޑު ޖެހީ ސައިފުﷲ އަލީ އެވެ. ނޮޅިވަރަންފަރުން ވަނީ ފުރަތަމަ ދެ މެޗުގައި، ނޮޅިވަރަން އަތުން 4-1 އިން އަދި ހަނިމާދޫ އަތުން 2-0 އިން މޮޅުވެފަ އެވެ.

މި ގްރޫޕްގައި ރޭ ނޭކުރެންދޫން ވަނީ 4-1 އިން ނޮޅިވަރަން އަތުން މޮޅުވެފަ އެވެ. މި މެޗުގައި، ނޭކުރެންދޫގެ އާދަމް ނަޝްވާން ދެ ގޯލު ޖެހިއިރު، އަނެއް ލަނޑުތައް ޖެހީ މުހައްމަދު ވިލްފް އާއި އަހުމަދު ޖަޒްލާން އެވެ. ނޮޅިވަރަންގެ ލަނޑު ޖެހީ މުހައްމަދު އިކުރާމް އެވެ. އެވެ.


މި ގްރޫޕްގެ އެއް ވަނައިގައި އޮތީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓާ އެކު ސެމީ ޔަގީންކުރުމާ ގާތުގައި އޮތް ނޮޅިވަރަންފަރެވެ. ދެ ވަނައިގައި އޮތީ ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓް ލިބިފައިވާ ނޭކުރެންދޫ އެވެ. އަދި، ތިން ވަނައިގައި އޮތް ހަނިމާދޫ އަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް ނޮޅިވަރަން އާއި ފަސް ވަނައިގައި އޮތް މަކުނުދޫ ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.

ހދ. އަތޮޅުގެ ޗެމްޕިއަން، އަދި، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ އަހަރުގެ ރަނަރަޕް، މި ފަހަރުގެ މުބާރާތުގެ ގްރޫޕް ބީގައި ނައިވާދޫން ރޭ ކުޅުނު މެޗުގައި ކުމުންދޫ އަތުން މޮޅުވީ 2-1 އިންނެވެ. ކުމުންދޫގެ ކެޕްޓަން، ފަހުމާން އަބްދުލް ހަމީދު ޖެހި ގޯލުން އެ ޓީމުން ލީޑުނެގި މި މެޗުގައި، ނައިވާދޫން އެއްވަރުކުރީ މުހައްމަދު އަސްލަމް (މޯންޑޭ) ޖެހި ގޯލުންނެވެ. އަދި، ނައިވާދޫ މޮޅުވީ ކުމުންދޫގެ އަލީ ހަސަން އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި، ރޭ ފިނޭ އިން ވަނީ 4-3 އިން ނެއްލައިދޫ ބަލިކޮށްފަ އެވެ. މި މެޗުގައި ފިނޭގެ ލަނޑުތައް ޖެހީ، މުހައްމަދު ޝާނިހު، އަހުމަދު އަފްރާހު، އަހުމަދު މާޖިދު އަދި އަޒްވާން ތޯހާ އެވެ. ނެއްލައިދޫގެ ތިން ލަނޑު ޖަހައި ހެޓްރިކް ހެދީ މުހައްމަދު ޒިހާން އެވެ.

މި ގްރޫޕްގެ އެއް ވަނައިގައި ދެ މެޗުން ހަ ޕޮއިންޓާ އެކު ނައިވާދޫ އޮތްއިރު، ދެ ވަނައިގައި އޮތް ފިނޭ އަށް ތިން މެޗުން ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. އަދި، ތިން ވަނައިގައި އޮތް ކުމުންދޫ އަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވެ އެވެ. ހަތަރެއްގައި އޮތް ނެއްލައިދޫގެ ވެސް ތިން ޕޮއިންޓް އޮތްއިރު، ފުލުގައި އޮތީ ދެ މެޗުން ބަލިވި ވައިކަރަދޫ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ހަތަރު މެޗު އަދި މިރޭ ހަތް މެޗު ކުޅޭނެ އެވެ.

16:00 - ތ. ބުރުނި - ތ. ކިނބިދޫ

16:00 - ތ. ވަންދޫ - ތ. އޮމަދޫ

17:00 - ތ. ހިރިލަންދޫ - ތ. ތިމަރަފުށި

17:00 - ތ. ގާދިއްފުށި - ތ. ވިލުފުށި

--------------------------------------------

20:00 - ވ. ފެލިދޫ - ވ. ފުލިދޫ

21:00 - ޅ. އޮޅުވެލިފުށި - ޅ. ހިންނަވަރު

21:00 - ޅ. ކުރެންދޫ - ޅ. ނައިފަރު

22:00 - ސ. ފޭދޫ - ސ. މަރަދޫ

22:00 - ސ. ހިތަދޫ - ސ. މީދޫ

23:00 - ގދ. ވާދޫ - ގދ. ގައްދޫ

23:00 - ގދ. ހޯނޑެއްދޫ - ގދ. ފިޔޯރީ