Advertisement

ދަނގެތި އާއި މަންދޫ އަތޮޅު ސެމީ އަށް

about 13 hours 0

ދަގެނތީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ


ދަނގެތި އާއި މަންދޫ އަތޮޅު ސެމީ އަށް

about 13 hours 0

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގައި، މި އަހަރުގެ މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ، އދ. އަތޮޅުގެ ސެމީ ފައިނަލުން އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން، މަންދޫގެ އިތުރުން، ދަގެނތިން ޖާގަ ހޯދައިފި އެވެ.

ދަގެނތި އާއި މަންދޫން ވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ.

އެ ގޮތުން، ގްރޫޕް އޭގައި ކުޅުނު މެޗުން މަންދޫން ވަނީ ކުނބުރުދޫ އަތުން މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި، މިއަދު ހަވީރު، މަންދޫން ވަނީ 2-0 އިން އޮމަދޫ ބަލިކޮށްފަ އެވެ. އަދި، މި ގްރޫޕް ހަންޏާމީދޫން ވަނީ މިއަދު ކުޅުނު މެޗުގައި، ކުނބުުރުދޫ އަތުން 2-0 އިން މޮޅުވެފަ އެވެ.

މަންދޫ އަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ހަންޏާމީދޫ އަށް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. އަދި، ތިން ވަނައިގައި އޮތް އޮމަދޫ އަށް ވަނީ ދެ މެޗުން ޕޮއިންޓެއް ލިބިފަ އެވެ. އަދި، ފުލުގައި އޮތް ކުނބުރުދޫ ވަނީ ދެ މެޗުން ބަލިވެ، ކަޓައިފަ އެވެ.

މަންދޫ އަށް މި މެޗުގައި ގޯލުތައް ޖަހައިދިނީ އާދަމް އާޒިމް އާއި އަހުމަދު ހަމްދާން އަޒްލީން އެވެ. ހަންޏާމީދޫން ކުނބުރުދޫ ކޮޅަށް ޖެހި ފުރަތަމަ ގޯލަކީ، ކުނބުރުދޫގެ ކީޕަރު، މުހައްމަދު ޒިހާން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަދި، ދެ ވަނަ ގޯލަކީ، ހުސެއިން އާނިމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ގްރޫޕް ބީގެ އެއް ވަނައިގައި، ދަގެނތިން އޮތީ ދެ މެޗުން ހަަ ޕޮއިންޓް ހޯދައިގެންނެވެ. ދަގެނތިން ވަނީ މިއަދު ކުޅުނު މެޗުގައި، މަހިބަދޫ އަތުން 3-2 އިން މޮޅުވެފަ އެވެ. ދެ ވަނައިގައި އޮތް ފެންފުއްޓަށް ވަނީ މިއަދު މާމިގިލި އަތުން 7-4 އިން ހޯދި މޮޅާ އެކު، ދެ މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. އަދި، ތިން ވަނައިގައި އޮތް މަހިބަދޫ އަށް ލިބުނު ތިން ޕޮއިންޓަކީ، ފުރަތަމަ މެޗުން މާމިގިލި ހާޒިރުނުވުމުން ލިބުނު ތިން ޕޮއިންޓެވެ. އަދި، ގްރޫޕްގެ ފުލުގައި މާމިިގިލި އޮތީ ޕޮއިންޓެއް ނުލިބެ އެވެ.

މަހިބަދޫ ކޮޅަށް ދަގެނތީގެ ލަނޑުތައް ޖެހީ، އަހުމަދު ސުދައިސް އަލީ ދެ ގޯލާއި އަހުމަދު އަފްޒަލް އެވެ. އަދި، މަހިބަދޫގެ ލަނޑުތައް ޖެހީ، އާދަމް ފަހުމާން އާއި އަޔާން ހަސަން ޖަވީޒު އެވެ.

ފެންފުއްޓަށް މިއަދުގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، މުހައްމަދު ޝަމްވީލް ހެޓްރިކެއް ހެދިއިރު، މުހައްމަދު އަލީ (ޑެންޒޯ) ދެ ގޯލު ޖެހި އެވެ. އަނެއް ލަނޑުތައް ޖެހީ، ހަމްދޫން ވަލީދު އާއި އަބޫބަކުރު މުހައްމަދު އެވެ. މާމިގިލީގެ ލަނޑުތައް ޖެހީ، އިބްރާހިމް މައުރޫފް ދެ ގޯލާއި ހައިޝަމް އަރީފް އަދި އިބްރާހިމް އިސްމާއިލް އެެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ އަށް މެޗު ކުޅޭނެ އެވެ.

20:00 - ހދ. މަކުނުދޫ - ހދ. ނޮޅިވަރަންފަރު

20:00 - ހދ. ނެއްލައިދޫ - ހދ. ފިނޭ

21:00 - ހދ. ނޮޅިވަރަން - ހދ. ނޭކުރެންދޫ

21:00 - ހދ. ކުމުންދޫ - ހދ. ނައިވާދޫ

22:00 - ހއ. ކެލާ - ހއ. ފިއްލަދޫ

22:00 - ހއ. ދިއްދޫ - ހއ. ވަށަަފަރު

23:00 - ހއ. މާރަންދޫ - ހއ. މުރައިދޫ

23:00 - ހއ. ބާރަށް - ހއ. ހޯރަފުށި