7 ޖަނަވަރީ 2026 - 19:32 0
ލީވާން އަލީ ނާސިރު
މީގެކުރިން ރާއްޖެއަށް ދުންފުުގެ އަސަރުކޮށްފައިވަނިކޮށް ވެލާނާ އެއާޕޯޓު: މިހާރު ރާއްޖެއަށް ކުރަމުންދާ ދުންފުހުގެ އަސަރާއެކު ސަމާލުވާން އެޗްޕީއޭއިން ވަނީ އެދިފައި -- ފޮޓޯ: އަދަދު ފައިލް
7 ޖަނަވަރީ 2026 - 19:32 0
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުހުގެ އަސަރުކުރާތީ ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެ އެވެ.
އެޗްޕީއޭއިން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ވައި ސާފު މިންވަރު ބެލުމަށް އައިކިއުއެއާ ވިއުޝުއަލް މެދުވެރިކޮށް ބެލުމަށް އެދޭ ކަމަށެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ލަފާކުރާ ގޮތުގައި ރާއްޖޭގެ ސަރަހައްދުތަކަށް، ވަކިން ހާއްސަކޮށް މެދު ރާއްޖޭގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ދަނީ ކުރަމުންނެވެ.
މިގޮތުން މިދިޔަ ހަތް ދުވަހަށް ބަލާއިރު އެންމެ ބޮޑަށް ދުންފުހުގެ އަސަރު ކޮށްފައިވަނީ މިއަދު ކަމަށާއި މޫސުމާބެހޭ ރިޕޯޓުތަކުގައި ވެސް މެދު ރާއްޖެތެރޭގައި ދުރުފެންނަ މިންވަރު ވަނީ 1.5 ކިލޯ މީޓަރަށްވުރެ ދަށްވެފައި ކަމަށް މެޓް އޮފީހުން ބުންޏެވެ.
މީގެއިތުރުން ކުރިއަށް އޮތް ފަސް ދުވަހުވެސް އިރުއުތުރުން އަންނަ ވިޔާއެކު، ދުންފުހުގެ އަސަރު ރާއްޖެމަތީގައި ހުންނާނެ ކަމަށް މެޓުން ލަފާކުރެ އެވެ. އެ އިދާރާއިން ބުނީ އެޗްޕީއޭގެ އިރުޝާދަށް ސަމާލުވުމުގެ އިތުރުން ކަނޑުދަތުރުކުރާ ފަރާތްތަކުން ވެސް ދަތުރުކުރާއިރު ސަމާލުވުމަށް އެދޭ ކަމަށެވެ.
މިދިޔަ މަހުން ފެށިގެން ރާއްޖެއަށް ދުންފުހުގެ އަސަރުކޮށް ދުރު ފެންނަ މިންވަރު ދިޔައީ ދަށްވަމުންނެވެ.
Comment