Advertisement

ޒަކާތު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

6 ޖަނަވަރީ 2026 - 10:26 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޒަކާތު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

6 ޖަނަވަރީ 2026 - 10:26 0

ޒަކާތުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޒަކާތު ކައުންސިލަށް ކުރިމަތިލާން ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

ޒަކާތު ގާނޫނުގެ ދަށުން ހުޅުވާލީ ސަރުކާރުގެ އިދާރާއެއްގައި މަސައްކަތް ނުކުރާ ޒަކާތުގެ މާހިރުންގެ ތެރެއިން ދެ މެންބަރުން ކައުންސިލް މެންބަރަކަށް ކުރިމަތިލުމަށެވެ.

ޒަކާތު ކައުންސިލުގެ މެންބަރަކަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން ޖެނުއަރީ 15، ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

އެގޮތުން އެ މުއްދަތުގެ ތެރޭގައި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 8:30 އިން 12:00 ގެ ނިޔަލަށް ރައީސް އޮފީހުން ފޯމު ބަަލައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ޒަކާތާބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއެކު ތަސްދީގުކުރީ ޑިސެމްބަރު 6، 2025 ގަ އެވެ. އެ ބިލުގެ ދަށުން އިސްލާމިކް މިނިސްޓްރީގެ ދަށުން ޒަކާތު ހައުސް ވަނީ އުފައްދާފަ އެވެ.

އެ ބިލު ހުށަހެޅީ އިސްލާމްދީނުގައި ޒަކާތް ޝަރުއުކުރައްވާފައިވާ މަގުސަދުތައް ހާސިލުކުރެވޭނެ ގޮތެއްގެމަތިން ރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހިންގައި ބެލެހެއްޓުން ހަރުދަނާ ގޮތެއްގައި އިންތިޒާމުކޮށް ތަރުތީބުކުރުމަށްޓަކަ އެވެ.