Advertisement

އެތުލީޓްސް ކޮމިޝަނަށް ސާއިދު، ޒަޔާން، ޖުމާނާ، ސާޖިނާ އަދި ނަޝްފާ

5 ޖަނަވަރީ 2026 - 10:22 0

އެތުލީޓްސް ކޮމިޝަންގެ ކުރިއަށް އޮތް ދައުރުގެ މެމްބަރުން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


އެތުލީޓްސް ކޮމިޝަނަށް ސާއިދު، ޒަޔާން، ޖުމާނާ، ސާޖިނާ އަދި ނަޝްފާ

5 ޖަނަވަރީ 2026 - 10:22 0

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެތުލީޓްސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިއަށް އޮތް ދައުރަށް މެމްބަރުން އިންތިހާބުވެއްޖެ އެވެ.

އެތުލީޓްސް ކޮމިޝަނުގެ ކުރިއަށް އޮތް ދައުރަށް ކުރިމަތިލުމަށް ހުޅުވާލުމުން އެ މަގާމަށް ކެންޑިޑެސީ ހުށަހެޅި ފަސް މެމްބަރުން ވަނީ ހޮވިފަ އެވެ.

ފަސް މެމްބަރުންގެ މި ކޮމިޝަނަށް ކޮންޑިޑޭޓުން ނޮމިނޭޓްކުރާއިރު، މަދުވެގެން ދެ އޮލިމްޕިއަނުން ހިމެނެން ޖެހޭނެ އެވެ. އަދި، އަންހެން އަދި ފިރިހެން އެތުލީޓެއް ހިމެނުން ވެސް ވަނީ ލާޒިމްކޮށްފަ އެވެ. އޮލިމްޕިއަނުން ނަގާއިރު، ތަފާތު ކުޅިވަރުތަކުން ނެގުމަށް އިސްކަންދޭންޖެހޭއިރު، މެމްބަރުން ހޮވުމުގައި ވެސް ވެސް އަމަލުކުރަންޖެހޭނީ ތަފާތު ކުޅިވަރުތަކުންނެވެ.

އެ ގޮތުން، 2025-2029 ގެ ދައުރަށް އެތުލީޓްސް ކޮމިިޝަނުގެ ދެ އޮލިމްޕިއަނުންގެ ޖާގަ އަށް، ހަސަން ސާއިދު އާއި އައިޝަތު ސާޖިނާ ހޮވުނުއިރު، ދެން، ކޮމިޓީ އަށް ހޮވުނީ، ބެޑްމިންޓަން ތަރި، ޒަޔާން ޒަކީ، ޓީޓީގެ ތަޖުރިބާކާރު ކުޅުންތެރިޔާ، ޖުމާނާ ނިމާލް އަދި، ބާސްކެޓްބޯޅަ އާއި ހޭންޑްބޯޅަ ގައުމީ ޓީމުގައި ވިދާލި، ނަޝްފާ އާމިރާ (ނައްފަ) އެވެ.

މީގެ ތެރެއިން، ސާއިދު ވަނީ އެތުލީޓްސް ކޮމިޝަން އެންމެ ފުރަތަމަ ދެ މެމްބަރުންގެ ތެރޭގައި، 2020 ވަނަ އަހަރު ހިމެނިފަ އެވެ. އަދި، އެންމެ ފަހުން އޮތް އެތުލީޓްސް ކޮމިޝަނުގައި ވެސް ނައްފަ ހިމެނެ އެވެ.

އެތުލީޓްސް ކޮމިޝަނަކީ 2009 ވަަނަ އަހަރު އޮލިމްޕިކް ކޮމިޓީ އަށް މެމްބަރުން އިންތިހާބުކުރަން ފެށުނު އިރުން ފެށިގެން ހިމެނޭ ބައެކެވެ. އެކަމަކު، މީގެ ކުރިން އެ ކޮމިޝަންގެ އެކްޓިވް ބައެއްގެ ގޮތުގައި ފާހަގަވެފައި ނެތެވެ. އެތުލީޓްސް ކޮމިޝަނަށް ބާރުތައް ދޭގޮތަށް ފާސްކޮށްފައިވަނީ 2019 ވަނަ އަހަރު ބޭއްވި އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގަ އެވެ.

އެތުލީޓްސް ކޮމިޝަނުގެ ފުރަތަމަ ދެ މެމްބަރުންގެ ގޮތުގައި 2020 ވަނަ އަހަރު ފެބްރުއަރީ މަހު އިއުލާނުކުރީ ރާއްޖޭގެ އެންމެ ކާމިޔާބު ފިރިހެން އެތުލީޓް، ސާއިދު އާއި ކާމިޔާބު ފެތުންތެރިޔާ، އައިމިނަތު ސަޖަން އެވެ.