Advertisement

ލެއާއޯގެ ލަނޑުން މޮޅުވެ މިލާން އެއް ވަނަ އަށް

about 2 hours 0


ލެއާއޯގެ ލަނޑުން މޮޅުވެ މިލާން އެއް ވަނަ އަށް

about 2 hours 0

ރޯމް (ޖެނުއަރީ 3) - އިޓާލިއަން ލީގުގައި ރަފައެލް ލެއާއޯ ޖެހި ގޯލުން 1-0 އިން ކަލިއަރީގެ މައްޗަށް ކުރިހޯދައި އޭސީ މިލާނުން ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގައި ކުޅުނު 17 މެޗުން ހޯދި 38 ޕޮއިންޓާ އެކު، މިލާން، އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތް އިންޓަ މިލާނަށް ވަނީ 16 މެޗުން 36 ޕޮއިންޓް ލިބިފަ އެވެ. އަދި، ތިން ވަނައިގައި އޮތް ނަޕޯލީ އަށް 16 މެޗުން 34 ޕޮއިންޓް ލިބިފައިވެ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ކަލިއަރީން ފުރަތަމަ ހާފުގައި ރަނގަޅު ހަމަލާތަކެއް އުފައްދައި ގޯލެއް ޖެހޭތޯ ބެލި އެވެ. އެކަމަކު، އެ ޓީމުން ފޮނުވާލި ބޯޅަތައް މިލާންގެ ކީޕަރު، މައިކް މައިންނޯން ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފަށް ނުކުމެ މިލާނުން ކުޅުން ރަނގަޅުކޮށް ނުރައްކާ ކުރަން ފެށި އެވެ. އެ ގޮތުން، މި ހާފުގެ ކުޅުން ފެށިގެން ދެ ވަނަ މިިނިޓްގައި، މިލާނުގެ ރުބެން ލޮފްޓަސް-ޗީކް ހުސްކޮށް އަރައި އޭރިއާތެރެއިން ބޮލުން ޖެހި ބޯޅައެއް ހުރަސްދަނޑިމަތިން ދިޔަ އެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މިލާނުން ޖެހީ 50 ވަނަ މިނިޓްގަ އެވެ. މިލާނުގެ އޭޑްރިއަން ރަބިއޯ އޭރިއާތެރެއިން ނަގައިދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ލެއާއޯ ވަނީ މަތީ ދާގަނޑަށް އަމާޒުކޮށްލައިފަ އެވެ.

އޭގެ ފަހުން، މިލާނަށް ދެ ވަނަ ލަނޑު ޖަހައިދޭން ކްރިސްޓިއަން ޕުލިސިޗް އާއި ލޫކަ މޮޑްރިޗް ފޮނުވާލި ހަމަލާތައް ކަލިއަރީގެ ކީޕަރު، އެލާ ކެޕްރީލް ވަނީ މަތަކޮށްފަ އެވެ.