about 2 hours 0
about 2 hours 0
ސަރަހައްދީ އެއާލައިނެއް ހަދައި، އެ އެއާލަައިނުގެ ހަބަކަށް ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހަދަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ސަރަހައްދީ އެއާލައިނެއް ހަދަން ނަޝީދު ހުށަހެޅުއްވީ، ހަނިމާދޫ އެއާޕޯޓު ހިންގާނެ އިންޑިއާ ކުންފުންޏެއް ހޯދަން ރައީސް މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަމުންދާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓު ކުރުމުންނެވެ.
"ހަނިމާދޫ އެއާޕޯޓަކީ ސަރަހައްދީ އެއާލައިނެއްގެ ހަބަކަށް ހަދައި އެ އެއާލައިންއާ ގުޅިގެން އެ އެއާޕޯޓު ހިންގުމުން ދިވެހިންނަށް ލިބޭނެ ފައިދާ ބޮޑުވާނެ. މުޅި އުތުރުގެ ތަރަައްގީއަށް ފަހިވާނެ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވި އެވެ.
ހަނިމާދޫ އެއާޕޯޓު ހިންގާނެ އިންޑިއާ ކުންފުންޏެއް ހޯދަން މުއިއްޒު ހުށަހެޅުއްވީ އެއާޕޯޓު ހުޅުވި ދުވަހު، ނޮވެމްބަރު، 2026، ގައި ކަމަށް ނޫސްތަކުން ބުނެ އެވެ. އެކަމަކު، ދިވެހި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ.
ހަނިމާދޫ އެއާޕޯޓު ހުޅުވި ދުވަހު މުއިއްޒު ވިދާޅުވީ، އެ އެއާޕޯޓު ވެގެންދާނީ ސަރަހައްދީ ތަރައްގީގެ ބިންގަލަށް ކަމަށެވެ. އެއާޕޯޓުގެ ސަބަބުން ސަރަހައްދީ މަސްވެރިކަމާއި ޓުއަރިޒަމްގެ ސިނާއަތު ތަރައްގީވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއަދު މިހުޅުވޭ ދޮރާށިން މި އަތޮޅާއި މި ސަރަހައްދުގެ ޓޫރިޒަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ދެން ހަމަ ޖުމްލަކޮށް އިގްތިސޯދީ ކުރިއެރުމާއި އިޖުތިމާއީ ކުރިއެރުމާއި ޖުމްލަކޮށް ތަރައްގީގެ ކުރިއެރުމަށް ވަރަށް ބޮޑު މަސައްކަތްތަކެއް ކުރުމުގެ މަގުފަހިވެގެން މިދަނީ،" މުއިއްޒު ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment