about 2 hours 0
ލީވާން އަލީ ނާސިރު
އުރީދޫ ފަން ރަން 2025 ގެ ތެރެއިން -- ފޮޓޯ: އުރީދޫ
about 2 hours 0
އުރީދޫ ފަން ރަން 2025 ގައި ބައިވެރިވި ފަރާތްތަކަށް ބިބް ނަމްބަރު މެދުވެރިކޮށް އިވެންޓުގެ ފޮޓޯތައް ފަސޭހަކަމާއެކު ހޯދައި ޑައުންލޯޑް ކުރެވޭނެ ފީޗާއެއް އުރީދޫ މޯލްޑިވްސް އިން ތައާރަފްކޮށްފި އެވެ.
އުރީދޫއިން ބުނީ އުރީދޫ ފަން ރަންގެ ވެބްސައިޓަށް ޒިޔާރަތްކޮށް ފަން ރަން ބިބް ނަމްބަރު ޖެހުމުން އެ ބިބް ނަންބަރު ފެންނަ ފަރާތްތަކުގެ ފޮޓޯތައް ފެންނާނެ ކަމަށާއި ފޮޓޯވެސް ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.
"މި ޕްލެޓްފޯމް މެދުވެރިކޮށް ދުވުންތެރިންނަށް ފަން ރަންގެ ތަޖުރިބާ އާކޮށް، ފޮޓޯތައް ޑައުންލޯޑްކޮށް، ރާއްޖޭގެ އެންމެ އުފާވެރި ދުވުމުގެ ހަނދާންތައް ހިއްސާ ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ،" އުރީދޫއިން ބުންޏެވެ.
އުރީދޫއިން ބުނީ މި އަހަރު ހުޅުމާލޭގައި ބޭއްވި ފަން ރަންއަކީ މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު ފަން ރަން ކަމަށެވެ.
ބިބް ބޭސްޑް ފޮޓޯ ސާޗް ފީޗާ ތަޢާރަފްކުރުމާއެކު، އުރީދޫ މޯލްޑިވްސްއިން ދަނީ ފަން ރަންގެ ޑިޖިޓަލް އެކްސްޕީރިއަންސް އިތުރަށް ފުރިހަމަކޮށް، އިވެންޓް ނިމުމުން ގިނަ ދުވަސްތަކެއް ވަންދެން ބައިވެރިންނަށް ހިތްގައިމު ވަގުތުތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިކޮށްދީފަ އެވެ.
އުރީދޫ ފަން ރަން ނިމިގެން ދިޔައީ ހަމައެކަނި ކުލަތަކެއް ގައިގާ އުނގުޅިގެނެއް ނޫނެވެ. އެއީ އެތައް ހާސް ބަޔެއްގެ މޫނު މައްޗަށް ގެނެސްދިން ހިނިތުންވުމާއި، އިޖުތިމާއީ ބަދަހިކަމެކެވެ.
ދިވެހި ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އާއިލާތައް އެކުގައި ދުވުމުގައި ބައިވެރިވިއިރު، ރާއްޖޭގެ އެކި ރިސޯޓުތަކުން އައި މުވައްޒަފުންނާއި، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންވެސް ބައިވެރިވި އެވެ.
Comment