about 2 hours 1
ލީވާން އަލީ ނާސިރު
ފުލުހުން ހައްޔަރުކުރި ނޭޕާލަށް ނިސްބަތްވާ ހަ މީހުން: އެ އެންމެން ޑީޕޯޓްކުރަން ވަނީ ނިންމާފައި -- ފޮޓޯ: ފުލުހުން
about 2 hours 1
21 ފުޅި ބަނގުރަލާއެކު ހައްޔަރުކުރި ނޭޕާލަށް ނިސްބަތްވާ ހަ މީހަކު ޑީޕޯޓް ކުރުމަށް ނިންމައިފި އެވެ.
ފުލުހުން ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އާދީއްތަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މާފަންނުގައި ހުރި ގެއަކާއި ކެފޭއެއް ބަލާފާސްކުރުމުގެ ތެރޭގައި ފެނުނީ 500 އެމްއެލްގެ 21 ފުޅި ބަނގުރާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ޗައުދަރީ ސްރެންދްރަ، 43، އާއި ސުގަންދަ ކުމާރު ޗައުދަރީ، 43، އާއި ޗައުދަރީ، 28، އާއި މަކަރް ބަހާދުރް ޓަމަންގް، 27، އާއި ބިޝްވަނާތް ޗައުދަރީ، 37 އާއި ރަމްރި މާޔާ ވައިބާ، 27، ކަމަށް ފުލުހުން ބުންޏެވެ.
ނޭޕާލަށް ނިސްބަތްވާ އެ އެންމެންވެސް ޑީޕޯޓް ކުރުމަށް ނިންމުމަށްފަހު ފުލުހުން ވަނީ އެ މީހުން އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
Comment