Advertisement

40 ކިލޯގެ ޑްރަގް އެތެރެކުރަން އުޅުނު މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

28 ޑިސެންބަރު 2025 - 18:48 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުން -- ފޮޓޯ: ފުލުހުން


40 ކިލޯގެ ޑްރަގް އެތެރެކުރަން އުޅުނު މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

28 ޑިސެންބަރު 2025 - 18:48 0

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ފޮރުވައިގެން ކަނޑުމަގުން ރާއްޖެއަށް 40 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ހއ. ހޯރަފުށި، އާފިޔާ، އަހްމަދު އަލީ، 47، އާއި ގދ. ތިނަދޫ، ގޯލްޑަންހައުސް، މުހައްމަދު އާދިލް، 57، އެވެ.

އެ ދެ މީހުންގެ ބަންދަށް ވެސް ފަސް ދުވަސް ވަނީ ޖަހައިފަ އެވެ.

ޗޮކްލެޓް ސިރަޕް ފުޅިތަކުގައި ބަންދުކޮށްގެން ރާއްޖެއަށް އެތެރެކުރީ ހަޝިޝް އޮއިލް އެވެ. އެ ތަކެތީގެ މަގުމަތީ އަގު 30 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމުން ބުންޏެވެ.

މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.