އުރީދޫ މޯލްޑިވްސް އިން އާ އަހަރު ފާހަގަކުރުމުގެ ގޮތުން ހާއްސަ އޮފާތަކެއް ތައާރަފްކޮށްފި އެވެ.
އުރީދޫއިން ބުނީ ހާއްސަ ޕްރީޕެއިޑް ޕްލޭންތަކާއި، ސޯޝަލް މީޑިއާ ބަންޑަލްސް އަދި ޑޭޓާ ޑީލްތަކާ އެކު އާ އަހަރަށް މަރުހަބާ ކިޔަން މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުން އުފާފާޅުކުރުމަށް ދާ ވަގުތުތަކުގައި މެދުނުކެނޑި ގުޅިފައި ހުރެވޭ ގޮތަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ.
އާ އަހަރާ ދިމާކޮށް އުރީދޫއިން ތައާރަފްކުރި އޮފާތައް:
- ޕްރީޕެއިޑް ނިއު އިޔާ ޕެކް: 1.5 ޖީބީ ޑޭޓާ އާއި 26 ލޯކަލް މިނިޓް 26ރ. އަށް. މިއީ ތިން ދުވަހުގެ ވެލިޑިޓީއާއެކު ތައްޔާރުކުރެވިފައިވާ ޕެކެއް.
- އާޗާ ޕްރީޕެއިޑް ޕްލޭން - 1 އަހަރު ވަންދެން ދުވާލަކު ދެ ޖީބީ: 2،026ރ. އަށް ޖުމްލަ 730 ޖީބީގެ މި ޕްލޭންގެ ދަށުން އަންލިމިޓެޑް އުރީދޫގެ ކޯލްތަކާއި، ދުވާލަކު އެއް ޖީބީ ރެގިއުލާ ޑޭޓާ އަދި ދުވާލަކު އެއް ޖީބީ ޓިކްޓޮކް ޑޭޓާ ލިބޭނެ.
- އާޗާ 6 މަސްދުވަހުގެ ޕްލޭން: ހަ މަސް ދުވަހަށް ދުވާލަކު 5.5 ޖީބީ، 2،026ރ. އަށް. މީގެ ތެރޭގައި މުޅިއަކު 990 ޖީބީ ޑޭޓާ، އަންލިމިޓެޑް ކޯލް، ޑެއިލީ ރެގިއުލާ ޑޭޓާ، ޓިކްޓޮކް އަދި އައިއެމްއޯ އެންޑް ވައިބާ ޑޭޓާ ހިމެނޭނޭ.
- އާޗާ ޕްރީޕެއިޑް ޕްލޭން - ތިން މަސް ދުވަހަށް ދުވާލަކު ތިން ޖީބީ: މި ޕްލޭންގެ ދަށުން 1،100ރ. އަށް ތިން މަހަށް މުޅިއަކު 270 ޖީބީ ލިބޭނެ. މީގެ ތެރޭގައި ދުވާލަކު ތިން ޖީބީ ޑޭޓާ، އަންލިމިޓެޑް އުރީދޫގެ ކޯލް، ޑެއިލީ ރެގިއުލާ ޑޭޓާ، ޓިކްޓޮކް އަދި އައިއެމްއޯ އެންޑް ވައިބާ ޑޭޓާ ހިމެނޭ.
- އަންލިމިޓެޑް ސޯޝަލް ޑޭޓާ ޕެކް: ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އެއްވެސް ލިމިޓަކާ ނުލައި ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވަނީ އެންމެ 25ރ. އަށް އެއް ދުވަހުގެ ވެލިޑިޓީއަކާއެކު. މި ޑޭޓާ ބޭނުން ކުރެވެނީ ވަކި އެޕް ތަކަކަށް.
- ޓިކްޓޮކް ސުޕަޑީލް: މެދުނުކެނޑި ޓިކްޓޮކް ބެލުމަށް ކަސްޓަމަރުންނަށް 28 ދުވަހުގެ މުއްދަތަށް ފަސް ޖީބީގެ ޓިކްޓޮކް ޑޭޓާ ހިލޭ ލިބޭނެ. އުރީދޫ ސުޕާއެޕްގެ ސުޕަޑީލް ސެކްޝަން އިން މި އޮފަރ ރިޑީމް ކުރެވޭނެ.
އުރީދޫގެ 5ޖީ ނެޓްވޯކް މެދުވެރިކޮށް މި ހުރިހާ އޮފަރތަކެއް ވެސް ލިބެން ހުންނާނެ ކަމަށާއި އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނީ އަވަސް އަދި ފަސޭހަ ގޮތަކަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
އާ އަހަރުގެ އޮފާތަކާ އެކު އުރީދޫ މޯލްޑިވްސްގެ އަމާޒަކީ މުވާސަލާތީ ވަސީލަތްތަކުގެ ޒަރިއްޔާއިން ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ކަސްޓަމަރުންނަށް އިތުރު ފަސޭހަތައް ހޯދައިދީ 2026 ވަނަ އަހަރު ވެސް ގުޅުންތައް ބަދަހި ކުރުމަށް މަގުފަހިކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.
Comment