Advertisement

12 އަހަރުން ދަށުގެ ކުދިންނަށް ސްމާޓްފޯން ދިނުމަކީ ސިއްހީ ބޮޑު ނުރައްކަލެއް!

about 2 hours 0


12 އަހަރުން ދަށުގެ ކުދިންނަށް ސްމާޓްފޯން ދިނުމަކީ ސިއްހީ ބޮޑު ނުރައްކަލެއް!

about 2 hours 0

އުމުރުން 12 އަހަރު ނުފުރޭ ކުދިންނަށް އަމިއްލަ ސްމާޓްފޯނެއް ހޯދައިދިނުމަކީ އެ ކުދިންގެ ނަފުސާނީ ދުޅަހެޔޮ ކަމަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާ ކަމެއްކަން ދިރާސާއަކުން ހާމަވެއްޖެއެވެ.

ކުޑަކުދިންގެ ސިއްހަތާއި ދުޅަހެޔޮކަމަށް މަސައްކަތްކުރާ ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ޖަމިއްޔާ, އެމެރިކަން އެކަޑަމީ އޮފް ޕީޑިއަޓްރިކްސްގެ ރަސްމީ މަޖައްލާ، "ޕީޑިއަޓްރިކްސް" ޖާނަލްގައި ޝާއިރުކުރި ދިރާސާއިން ދައްކާ ގޮތުގައި، ހަގު އުމުރުގައި ސްމާޓްފޯން ގެންގުޅުމަކީ ނަފުސާނީ ބަލިތަކާއި ފަލަވުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރުކުރުވާ ކަމެކެވެ.

އެމެރިކާގެ 10,000 އަށްވުރެ ގިނަ ކުދިންގެ ބައިވެރިކުރި މި ދިރާސާއިން އެނގުނު ގޮތުގައި، ސްމާޓްފޯން ގެންގުޅޭ 12 އަހަރުން ދަށުގެ ކުދިންގެ މެދުގައި، ފޯނު ނުގެންގުޅޭ ކުދިންނާ އަޅާބަލާއިރު ޑިޕްރެޝަންގެ މައްސަލަތަކާއި ނިދި ހަމަނުވުމުގެ މައްސަލަ ފެންނަ މިންވަރު މާ ބޮޑެވެ.

ދިރާސާއިން ހާމަވި މުހިންމު ބައެއް ކަންކަން؛

  • ދިރާސާގައި ބައިވެރިވި ކުދިންގެ ތެރެއިން 63.6 ޕަސެންޓު ކުދިންނަކީ އަމިއްލަ ސްމާޓްފޯނެއް ގެންގުޅޭ ކުދިން
  • އެވްރެޖްކޮށް ގިނަ ކުދިންނަށް ފޯނު ލިބިފައިވަނީ އުމުރުން 11 އަހަރުގައި
  • ކުއްޖާގެ އުމުރު ހަގުވި ވަރަކަށް، ފޯނުގެ ސަބަބުން ކުރިމަތިވާ ސިއްހީ ނުރައްކާތައް (ނިދި މަދުވުމާއި ފަލަވުން) އިތުރު

ދިރާސާއިން އެނގުނު ގޮތުގައި، މިފަދަ ކުދިންނަށް ނިދީގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވާއިރު، ފޯނުގެ ނޮޓިފިކޭޝަންތަކާއި މާގިނައިން ސްކްރީން ބޭނުންކުރުމުގެ ސަބަބުން ނިދުމަށް އުނދަގޫ ވުމާއި ނިދީގެ ފެންވަރު ދަށްވުން ފަދަ މައްސަލަތައް ކުރިމަތިވެ އެވެ. މީގެ އިތުރުން، ކުދިން ގޭތެރޭގައި ގިނަ ވަގުތު ފޯނަށް ހުސްވެފައި ތިބުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ކަސްރަތާއި ހަރަކާތްތެރިކަން މަދުވެ، ފަލަވެ އެވެ.

ކުދިންގެ އިޖުތިމާއީ ހުނަރުތަކަށް ބަލާއިރު، މާ ކުރިން ސްމާޓްފޯނަށް ހުށަހެޅުމަކީ އެހެން ކުދިންނާ ގުޅިގެން އުޅުމާއި، މުއާމަލާތްކުރުމުގެ ހުނަރު ދަށްކުރުވާ ކަމެއްގެ ގޮތުގައި މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

ނަފުސާނީ ގޮތުން ބަލާއިރު، ސްމާޓްފޯން ބޭނުންކުރާ ކުދިންގެ ކިބައިން ހާސްކަމާއި، މޫޑު ބަދަލުވުމާއި، އަދި އުޅުމަށް އަންނަ ނޭދެވޭ ބަދަލުތައް ފެނުމުގެ ފުރުސަތު ބޮޑެވެ. ގިނަ ވަގުތު ފޯނަށް ބަލަން ތިބުމުގެ ސަބަބުން ކަރުގެ މަސްތަކަށާއި ބުރަކަށީގެ ކަށިތަކަށް ބާރުބޮޑުވެ، ހަށިގަނޑުގެ ބައްޓަމަށް ބަދަލު އައުމާއި ލޮލަށް ބާރުބޮޑުވުން ފަދަ ކުރިން ކުޑަކުދިންގެ ފަރާތުން ނުފެންނަ ސިއްހީ މައްސަލަތައް މިހާރު ދަނީ އާންމުވަމުންނެވެ.

މި ނުރައްކާތަކުން ކުދިން ސަލާމަތްކުރުމަށްޓަކައި ބެލެނިވެރިންގެ ހޭލުންތެރިކަން އިތުރުކުރުމަކީ މުހިންމު ކަމެކެވެ. ކުދިން ފޯނު ބޭނުންކުރާ ވަގުތު ލިމިޓްކުރުމާއި، ކޮންމެ ދުވަހަކުވެސް ފޯނާ ދުރު ހާއްސަ ވަގުތުތަކެއް ކަނޑައެޅުމާއި، އަދި ކުދިން އިންޓަނެޓް ބޭނުންކުރާ ގޮތް ގާތުން މޮނިޓަ ކުރުމަށް މާހިރުން އިލްތިމާސްކުރެއެވެ.