about 2 hours 0
ލީވާން އަލީ ނާސިރު
about 2 hours 0
ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ "އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް" ގެ ނަން "އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް" އަށް ބަދަލުކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ މުހައްމަދު މުއިއްޒު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ނަން އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑަށް ބަދަލުކުރީ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ މަސައްކަތްތައް ސަރުކާރުގެ އިދާރާއަކުން ކުރާގޮތަށް ހަމަޖެއްސުމަށް ކަމަށެވެ.
"ރައީސް، މި ބަދަލު ގެންނެވީ، ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ ނިޒާމު އެކަށައަޅުއްވާފައިވާ ފަދައިން ރާއްޖޭގެ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކާއި ޕޯޓް ފެސިލިޓީތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރައްވަން،" ރައީސް އޮފީހުން ބުންޏެވެ.
ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، މިހައިތަނަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ހަމަޖައްސަވައިފައިވާ ނަންބަރު 453 ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ޑިފެންސް މިނިސްޓްރީގެ ދަށުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ނަމުގައި އިދާރާއެއް އުފެއްދީ 2013 ވަނަ އަހަރު އެވެ.
Comment