Advertisement

އަމާނާތަކާފުލް އާއި އަވަސް އެޕް ގުޅިގެން އަވަސް އެޕްގައި އިންޝުއަރެންސެއް ތައާރަފުކޮށްފި

about 2 hours 0

އަމާނާތަކާފުލް އާއި އަވަސް އެޕް ގުޅިގެން އިންޝުއަރެންސް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އަވަސް އެޕް


އަމާނާތަކާފުލް އާއި އަވަސް އެޕް ގުޅިގެން އަވަސް އެޕްގައި އިންޝުއަރެންސެއް ތައާރަފުކޮށްފި

about 2 hours 0

ކަސްޓަމަރުންގެ ދަތުރުފަތުރާބެހޭ ބޭނުންތެރި އިންޝުއަރެންސް ހިދުމަތްތައް އެއްތާކުން ލިބޭނެގޮތް ފަހިކޮށްދިނުމަށް، އަވަސް ރައިޑްގެ ފަރާތުން އަމާނަ ތަކާފުލް މޯލްޑިވްސް އާ ގުޅިގެން އަވަސް އެޕްގައި އިންޝުއަރެންސް ސްކީމެއް ތައާރަފުކޮށްފި އެވެ.

އަވަސް އިންޝުއަރެންސްގެ ނަން ދީފައިވާ މި ހިދުމަތް ތައާރަފު ކުރުމާއެކު، ދިވެހިން ދަތުރުފަތުރަށް އާއްމުކޮށް މިހާރު ވެސް ބޭނުންކުރަމުންދާ ޑިޖިޓަލް ޕްލެޓްފޯމްގައި އިންޝުއަރެންސް ވެސް ހިމެނިގެންދިޔައީ އެވެ.

މި ހިދުމަތުގެ ސަބަބުން، އިންޝުއަރެންސް ގަތުމުގައި އުފުލަންޖެހޭ ތަކުލީފު ނެތިގެން ގޮސް، މިހާރު ވެސް ކަސްޓަމަރުން އެޕް ބޭނުންކުރާ ފަދައިން، ނުހަނު ފަސޭހަކަމާއެކު މުޅިން އޮންލައިންކޮށް އިންޝުއަރެންސް ގަނެވޭނެ ކަމަށް އަވަސް އެޕްގެ މެނޭޖުމެންޓުން ބުންޏެވެ.

"މިއީ، އަވަސް އެޕަކީ ހަމައެކަނި ޓެކްސީ ހިދުމަތް ފޯރުކޮށްދޭ ވަސީލަތަކުން، ދަތުރުކޮށް ހެލިފެލިވެ އުޅުމުގެ ވަށާޖެހިފައިވާ ފުރިހަމަ ނިޒާމަކަށް ބަދަލުކުރުމަށް އަވަސްއިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތުގެ މުޅިން އައު ހަރުފަތެއް. އެޕްގައި އިންޝުއަރެންސް ހިމެނުމުން، ކަސްޓަމަރުންނަށް މިހާރު ދަތުރުފަތުރާ ގުޅުންހުރި މުހިންމު، ޒަރޫރީ އެތައް ބޭނުންތަކެއް އެއްތާކުން ފުއްދޭނެ އަދި އެވެސް އެއީ ކަރުދާސް ފޯމުތަކެއް ފުރުމެއްނެތި، ކިއުގައި ނުޖެހި، މާގިނަ އިތުރު ހަރުފަތްތަކެއް ގިރާކުރުމަކާ ނުލައެވެ،" އަވަސް އެޕްގެ ފަރާތުން ބުންޏެވެ.

މި ހިދުމަތް ތައާރަފުކުރުން ފާހަގަކުރުމަށްޓަކައި އަވަސް އާއި އަމާނަ ތަކާފުލްއާ ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް މިއަދުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ އެވެ.

މި މުއްދަތުގެ ތެރޭގައި، އަވަސް އެޕް މެދުވެރިކޮށް ޓްރެވެލް އިންޝުއަރެންސް ނުވަތަ ތާޑް ޕާޓީ މޮޓޯ އިންޝުއަރެންސް ގަންނަ ފަރާތްތަތުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރި ފަރާތަކަށް، ދެމީހަކަށް 4 ދުވަހާއި 3 ރޭގެ މެލޭޝިއާ ދަތުރެއް ލިބޭނެ ކަމަށް އަވަސް އެޕްގެ މެނޭޖުމެންޓުން ބުންޏެވެ.