Advertisement

ޑެންގީ ހުން ފެތުރޭތީ ސަމާލުވާން އެދިއްޖެ

22 ޑިސެންބަރު 2025 - 09:21 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޑެންގީ ހުން ފަތުރާ ބާވަތުގެ މަދިރިއެއް --


ޑެންގީ ހުން ފެތުރޭތީ ސަމާލުވާން އެދިއްޖެ

22 ޑިސެންބަރު 2025 - 09:21 0

މި ދުވަސްވަރު އާދަޔާހިލާފަށް ޑެންގީ ހުން ފެތުރޭތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ މި ދުވަސްވަރު އާދަޔާހިލާފަށް ޑެންގީ ހުން ފެތުރޭކަން ފާހަގަކުރެވިފައި ވާތީ މަދިރި ހެފުމުން ރައްކާތެރިވުމަށްޓަކައި ވީހާވެސް ބޮޑަށް ނިވާވެގެން އުޅުމަށް އެދޭ ކަމަށެވެ. އަދި މަދިރި އާލާވާ ފަދަ ތަންތަން ނައްތައިލާ ފެން ޖަމާވާ ފަދަ ތަންތަން ކޮންމެ ހަފުތާއަކު އެއްފަހަރު ނަމަވެސް، ސާފު ކުރުމަށް އެދޭ ކަމަށެވެ.

ހުން އައިސް ބަލިވެ އުޅޭނަމަ، ގިނަގިނައިން ދިޔާ ތަކެތި ބުއިމަށާއި އަރާމު ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވެ އެވެ. އަދި ބަލީގެ ހާލަތު އިތުރަށް ގޯސްވާ ނަމަ، ޑޮކްޓަރަކަށް ދެއްކުމަށް ވެސް އެޗްޕީއޭއިން އެދިފައިވެ އެވެ.

ޑެންގީ ފެތުރެނީ ކިހިނެއް؟

ޑެންގީ އަކީ ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ. އެއާ ހިލާފަށް މި ބަލި ފެތުރެނީ ޑެންގީ ވައިރަސް ހަށިގަނޑުގައި ހިމެނޭ އަންހެން އީޑީޒް މަދިރި އިންސާނުންގެ ގައިގައި ހެފުމުންނެވެ. އިންސާނުންގެ ގައިން މަދިރި އަށް ވެސް މި ބަލި އަރަ އެވެ. އިންފެކްޓުވެފައިވާ މަދިރީގެ މުޅި އުމުރަށް ވެސް އިންސާނުންގެ މެދުގައި ބަލި ފަތުރަމުން ދާނެ އެވެ. މަދިރިއެއްގެ އުމުރުގެ ދިގު މިނަކީ 3-4 ހަފުތާ އެވެ.

ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ ފަހަކަށް އައިސް ޑެންގީ ފެތުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އިންފެކްޝަންގެ އަސަރު އިންސާނަކަށް ކުރުމުން އަލާމާތްތައް ފެންނަނީ 4-5 ދުވަސް ފަހުންނެވެ. އެ އަލާމާތްތައް ހަފުތާއެއް ނުވަތަ އެއަށްވުރެ ގިނަ ދުވަސް ވަންދެން ފެނުން އެކަށީގެންވެ އެވެ.

ޑެންގީ ޖެހޭ ކޮންމެ ހަތަރު މީހެއްގެ ތެރެއިން އެކަކު ބަލިވެ އެވެ. އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުން، މޭނުބައި ކުރުން، ހުން އައުން، ބަނޑުގައި ރިއްސުން، ނޭވާލާން އުނދަގޫވުން އަދި ސީރިއަސް ހާލަތްތަކުގައި ހަށިގަނޑުގެ އެތެރެއިން ލޭ އައުން ހިމެނެ އެވެ. ޑެންގީ ޖެހުމުން ބަލިވާ ކޮންމެ 10 މީހުންގެ ތެރެއިން އެކަކުގެ ހާލު ސީރިއަސްވެ އެވެ.

ޑެންގީ އިން ސަލާމަތް ވާން އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅަކީ މަދިރި ހެފުން ކޮންޓްރޯލް ކުރުމެވެ. އެގޮތުން މަދިރިގެ ބޭނުން ކުރުމާއި، މަދިރި ދުރުކުރާ ސްޕްރޭ، ލޯޝަން ނުވަތަ އެހެން އެއްޗެއް ބޭނުން ކުރުމެވެ. ޑެންގީ އަށް ވަކި ހާއްސަ ފަރުވާއެއް ނޯވެ އެވެ. ބަލި ޖެހިއްޖެ ނަމަ ޑޮކްޓަރުން ލަފާދެނީ ގިނައިން ދިޔާ ތަކެތި ބުއިމަށާއި، އަރާމު ކުރުމަށާއި، ހުން އަންނަ ނަމަ ބޭސް ކެއުމަށެވެ.