Advertisement

މިލާން ކަޓުވާލައި ނަޕޯލީން އިޓާލިއަން ސުޕަ ކަޕް ފައިނަލަށް

about 2 hours 0


މިލާން ކަޓުވާލައި ނަޕޯލީން އިޓާލިއަން ސުޕަ ކަޕް ފައިނަލަށް

about 2 hours 0

ރިޔާދު، ސައުދީ އަރަބިއްޔާ (ޑިސެމްބަރު 19) - އޭސީ މިލާން އަތުން 2-0 އިން މޮޅުވެ، އެ ޓީމު ކަޓުވާލުމަށް ފަހު، ނަޕޯލީން އިޓާލިއަން ސުޕަ ކަޕް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

އިޓާލިއަން ސުޕަ ކަޕްގައި މިހާރު އޮންނަ ފޯމެޓްގައި ކުޅެނީ ފާއިތުވި ސީޒަނުގެ އިޓާލިއަން ލީގުގެ އެއް ވަނަ އާއި ދެ ވަނަ އަދި، އިޓާލިއަން ކަޕްގެ ޗެމްޕިއަނާއި ރަނަރަޕް އެވެ. އެ ގޮތުން، މި މުބާރާތް ސައުދީ އަރަބިއްޔާގެ ރިޔާދުގައި ކުރިއަށްގެންދާއިރު، ދާދި ފަހުން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ، ސުޕަ ކަޕް، 2029 ވަނަ އަހަރާ ހަމައަށް ސައުދީ އަރަބިއްޔާގައި ކުޅެން ނިންމައިފަ އެވެ.

ރިޔާދުގެ ކިންގް ސައުދު ޔުނިވާސިޓީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، ނަޕޯލީން ފުރަތަމަ ހާފު ނިންމާލީ ވެސް ލީޑުގައި އޮވެ އެވެ. އެ ގޮތުން، އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި، ނަޕޯލީ އަށް މި ލަނޑު ޖަަހައިދިނީ ޑޭވިޑް ނެރޭސް އެވެ.

މިލާނުން ވެސް އެޓޭކްތަކެއް ކޮށް ލަނޑެއް ޖެހޭތޯ މަސައްކަތްކުރި މި މެޗުގައި ނަޕޯލީ ފެނުނީ ވަރުގަދަކޮށެވެ. މެޗުގައި ނަޕޯލީން ދެ ވަަނަ ލަނޑު ޖެހީ، 63 ވަނަ މިނިޓްގަ އެވެ. މިއީ، ލެއޮނާޑޯ ސްޕިނަޒޯލާ ދިން ބޯޅައަކުން ރަސްމުސް ހޮއިލުންޑް ޖެހި ގޯލެކެވެ. އޭނާ ވަނީ ތިރިތިރިން ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

އަންނަ ހޯމަ ދުވަަހުގެރޭ ކުޅޭ ފައިނަލުގައި ނަޕޯލީއާ ދެކޮޅަށް ކުޅޭނެ ޓީމެއް ކަނޑައެޅޭނީ މިރޭ ކުޅޭ ދެ ވަނަ ސެމީ ފައިނަލުންނެވެ. ދެ ވަނަ ސެމީ ފައިނަލުގައި ބޮލޯނިއާ ކުޅޭނީ އިންޓަ މިލާންއާ އެވެ.

ނަޕޯލީން ތިން ވަނަ ފަހަރަށް ސުޕަ ކަޕް ކާމިޔާބުކުރަން މަސައްކަތްކުރާއިރު، އެ ޓީމުން އެންމެ ފަހުން މި ތަށި އުފުލާލީ 2014 ވަނަ އަހަރު އެވެ. މިިދިޔަ އަހަރު އޭސީ މިލާނުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އިންޓަ މިލާން އަތުން 3-2 އިން މޮޅުވެގެންނެވެ.