Advertisement

އައިޕީއެލްގެ އެންމެ އަގުބޮޑު ބިދޭސީ ކުޅުންތެރިއަކަށް އޮސްޓްރޭލިއާގެ ގްރީން

18 ޑިސެންބަރު 2025 - 08:41 0


އައިޕީއެލްގެ އެންމެ އަގުބޮޑު ބިދޭސީ ކުޅުންތެރިއަކަށް އޮސްޓްރޭލިއާގެ ގްރީން

18 ޑިސެންބަރު 2025 - 08:41 0

މުމްބާއި (ޑިސެމްބަރު 18) - ދުނިޔޭގެ އެންމެ ފޯރިގަދަ ފްރެންޗައިސް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ތާރީހުގައި އެންމެ އަގުބޮޑު ބިދޭސީ ކުޅުންތެރިއެއްގެ ގޮތުގައި، އޮސްޓްރޭލިއާގެ އޯލްރައުންޑަރު، ކެމަރަން ގްރީން، ކަލްކަތާ ނައިޓް ރައިޑާސް (ކޭކޭއާރް) އިން ގަނެފި އެވެ.

ޗެންނާއި ސުޕަ ކިންގްސް (ސީއެސްކޭ) އާއި ރާޖަސްތާން ރޯޔަލްސްއާ ވާދަކޮށް، ކަލްކަތާ އިން ގްރީން ގަތީ، 25.2 ކްރޯޑް ރުޕީސް (2.1 މިލިއަން ޕައުންޑް) އަށެވެ.

މީގެ ކުރިން އެންމެ އަގުބޮޑު ބިދޭސީ ކުޅުންތެރިއެއްގެ ގޮތުގައި އޮތީ މިދިޔަ އަހަރު ކަލްކަތާ އިން އޮސްޓްރޭލިއާގެ ޕޭސް ބޯލަރު، މިޗެލް ސްޓާކް ގަންނަން ހޭދަކުރި 24.75 ކްރޯޑް ރުޕީސް އެވެ. އޭރުގެ އެކްސްޗޭންޖް ރޭޓު ހުރި ގޮތުން، ސްޓާކްގެ އަގު ބޮޑެވެ. އެއީ، 2.3 މިލިއަން ޕައުންޑް އެވެ.

އުމުރުން 26 އަހަރުގެ ގްރީން އަކީ އައިޕީއެލް ތާރީހުގައި ތިން ވަނަ އަށް އެންމެ އަގުބޮޑުކޮށް ވިކުނު ކުޅުންތެރިޔާ އެވެ. އެ ގޮތުން، އެންމެ އަގުބޮޑުކޮށް ދިޔައީ، ލަކްނައު ސުޕަ ޖަޔަންޓްސް އިން 27 ކްރޯޑް ރުޕީސް (2.54 މިލިއަން ޕައުންޑް) އަށް ގެންދިޔަ ރިޝަބް ޕާންޓް އާއި، 26.75 ކްރޯޑް ރުޕީސް (2.51 މިލިއަން ޕައުންޑް) އަށް ޕަންޖާބް ކިންގްސް އިން ގަތް ޝްރޭޔަސް އައްޔަރު އެވެ.

މީގެ ކުރިން، މުމްބާއި އިންޑިއަންސް (އެމްއައި) އާއި ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރްސީބީ) އަށް ކުޅެފައިވާ ގްރީން އައިޕީއެލްގައި 707 ލަނޑު ހަދާފައިވާއިރު، ސްޓްރައިކް ރޭޓަކީ، 150 އެވެ. އަދި، އޭނާ ވަނީ އައިޕީއެލްގައި ކުޅުނު 29 މެޗުން 16 ވިކެޓް ނަގައިފަ އެވެ.

އަންނަ އަހަރު އައިޕީއެލްގެ އާ ސީޒަން ފަށާނީ މާޗް 26 ވަނަ ދުވަހު އެވެ.