Advertisement

އަައިޕީއެލް: ހަ ވިކެޓުން ހައިދަރުއާބާދު ބަލިކޮށް ޗެމްޕިއަން ބެންގަލޫރަށް ވަރުގަދަ ފެށުމެއް

about 1 hour 0

މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕަޑިއްކަލް އުފާފާޅުުކުރަނީ.


އަައިޕީއެލް: ހަ ވިކެޓުން ހައިދަރުއާބާދު ބަލިކޮށް ޗެމްޕިއަން ބެންގަލޫރަށް ވަރުގަދަ ފެށުމެއް

about 1 hour 0

ބެންގަލޫރު، އިންޑިއާ (މާޗް 28) - ހަ ވިކެޓުން ސަންރައިޒާސް ހައިދަރުއާބާދު ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން، ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރްސީބީ) އިން މި ފަހަރުގެ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ފެށުން ވަރުގަދަކޮށްފި އެވެ.

ދުނިޔޭގެ އެންމެ ފޯރިގަދަ ފްރެންޗައިސް ކްރިކެޓް ލީގު، އައިޕީއެލްގެ 19 ވަނަ ސީޒަން ފެށީ އެންމެ ފަހުގެ ޗެމްޕިއަން، ބެންގަލޫރުގެ ދަނޑު، ޗިންނަސްވާމީ ސްޓޭޑިއަމްގަ އެވެ. ބެންގަލޫރަށް 2024 ވަނަ އަހަރުގެ އައިޕީއެލްގެ ފަހުން، އަމިއްލަ ދަނޑުގައި ކުޅުނު މެޗެއްގައި ފުރަތަމަ ފަހަރަށް ޓޮސް ދިމާވިއިރު، އެ ޓީމުން ނިންމީ ހޮވާށެވެ.

އެ ގޮތުން، ހައިދަރުއާބާދުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި، ނުވަ ކުޅުންތެރިން ނުބައިވެގެން ހެދީ 201 ލަނޑެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، ހައިދަރުއާބާދުގެ ކެޕްޓަން، އިޝާން ކިޝަން އެވެ. އޭނާ ނުބައިވީ، 38 ބޯޅައިން 80 ލަނޑު ހަދާފައިވަނިކޮށެވެ. ހައިދަރުއާބާދުން ދެން އެންމެ ގިނަ ލަނޑު ހެދީ، 18 ބޯޅައިން 43 ލަނޑަށް ނުބައިވި، އަނިކޭތު ވަރުމާ އެވެ.

މި އިނިންސްގައި، ބެންގަލޫރުގެ ޖޭކަބް ޑަފީ ވަނީ ހަތަރު އޯވަރަށް ތިން ވިކެޓް ނަގައިފަ އެެވެ. އަދި، އެ ޓީމުގެ ރޮމާރިއޯ ޝެޕާޑް ވެސް ހަތަރު އޯވަރަށް ތިން ވިކެޓް ނެގިއިރު، ފިލް ސޯލްޓް ވަނީ، މުހިންމު ދެ ވިކެޓް ހިފައިފަ އެވެ. އެކަމަަކު، ބެންގަލޫރުން ކުޅެން އަރައި، 15.4 އޯވަރުގެ ތެރޭގައި، ހަތަރު ކުޅުންތެރިން ނުބައިވެގެން 203 ލަނޑު ހަދައިގެން ނަތީޖާ އަނބުރާލައި މެޗުން މޮޅުވިއިރު، ސޯލްޓް ވަނީ ހަތް ބޯޅައިން އަށް ލަނޑަށް ނުބައިވެފަ އެވެ.


މި މެޗުގައި ބެންގަލޫރުގެ ތަރި، ވިރާތު ކޯލީ ވަނީ ނުބައިނުވެ، 38 ބޯޅައިން 69 ލަނޑު ހަދައިފަ އެވެ. އެކަމަކު، ބެންގަލޫރަށް މެޗުގެ މޮޅު ހޯދައިދިނުމުގައި، ދޭވްދަތު ޕަޑިއްކަލް އާއި ޓީމުގެ ކެޕްޓަން، ރަޖަތު ޕަތީދާރު ވަނީ މުހިންމު ރޯލެއް ކުޅެފަ އެވެ.

ބެންގަލޫރަށް ކުޅޭ އިނގިރޭސި ތަރި، ސޯލްޓް ނުބައިވުމުން އަރައި، ޕަޑިއްކަލް ވަނީ 26 ބޯޅައިން 61 ލަނޑު ހަދައިފަ އެވެ. އަދި، ޕަތީދާރު ނުބައިވީ، 12 ބޯޅައިން 31 ލަނޑު ހަދާފައިވަނިކޮށެވެ. ވިރާތާ އެކު ޕާޓްނާޝިޕެއްގައި މެޗު ނިންމާލި، ޓިމް ޑޭވިޑް ވަނީ 10 ބޯޅައިން 16 ލަނޑު ހަދައިފަ އެވެ.

މި އިނިންސްްގައި، ހައިދަރުއާބާދުގެ ޑޭވިޑް ޕޭން ވަނީ ޖެހިޖެހިގެން ދެ ބޯޅައިގައި ދެ ވިކެޓް ނަގައިފަ އެވެ. އެކަމަކު، ރަނގަޅު ފޯމުގައި ކުޅުނު ބެންގަލޫރު ކައިރީގައި، ހައިދަރުއާބާދަށް ތަފާތެއް ނުދެއްކި ބަލިވީ އެވެ.

އައިޕީއެލްގައި މާދަމާރޭ ކުޅޭ މެޗުގައި، ރާޖަސްތާން ރޯޔަލްސް އިން ކުޅޭނީ ޗެންނާއި ސުޕަ ކިންގްސްއާ އެވެ.