Advertisement

1.78 ބިލިއަން ޑޮލަރަށް ކޮންސޯޓިއަމް އަކުން ރޯޔަލް ޗެލެންޖާސް ބެންގަލޫރު ގަންނަން ނިންމައިފި

about 1 hour 0


1.78 ބިލިއަން ޑޮލަރަށް ކޮންސޯޓިއަމް އަކުން ރޯޔަލް ޗެލެންޖާސް ބެންގަލޫރު ގަންނަން ނިންމައިފި

about 1 hour 0

ބެންގަލޫރު، އިންޑިއާ (މާޗް 25) - އިންޑިއާގެ މަޝްހޫރު ފްރެންޗައިސް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ އެންމެ ފަހުގެ ޗެމްޕިއަން، ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރްސީބީ) ގަންނަން އިންޑިއާ އާއި ބޭރުގެ ކުންފުނިތަކަކުން ހެދި ކޮންސޯޓިއަމް އަކުން 1.78 ބިލިއަން ޑޮލަރަށް ޑީލް ކުރިއަށްގެންދަން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

އާރްސީބީ މި ވަގުތު ހިންގަމުން އަންނަ، ޔުނައިޓެޑް ސްޕިރިޓްސް ލިމިޓެޑް (ޔޫއެސްއެލް) އިން އިއުލާނުކޮށްފައިވާ ގޮތުގައި، މިއީ ނަގުދު ފައިސާ އިން ހިނގާނެ ޑީލެކެވެ. ޔޫއެސްއެލް އަތުން، އާރްސީބީ ގަންނަ ކޮންސޯޓިއަމްގައި ހިމެނެނީ، އަދިތުޔަ ބިރްލާ ގްރޫޕް، ދި ޓައިމްސް އޮފް އިންޑިއާ ގްރޫޕް، ބޯލްޓް ވެންޗާސް، ބްލެކްސްޓޯންސް ޕާޕެޗުއަލް ޕްރައިވެޓް އިކުއިޓީ ސްޓްރެޓެޖީ ބީއެކްސްޕީއީ އެވެ.

މީގެ ތެެރެއިން، ބޯލްޓް ވެންޗާސް އަކީ، އިނގިރޭސި ޕްރިމިއާ ލީގުގެ ކްރިސްޓަލް ޕެލަސްގެ އިތުރުން، އެމްއެެލްއެސްގެ ރިއަލް ސޯލްޓް ލޭކް އާއި އެންބީއޭގެ ފިލަޑެލްފިއާ 76އާސް އާއި އެންއެޗްއެލްގެ ނިއު ޖާސީ ޑެވިލްސް އަދި އެންއެފްއެލްގެ ވޮޝިންޓަން ކޮމާންޑާސް އަދި އެމްއެލްބީގެ ކްލެވެލަންޑް ގާޑިއަންސްގެ ވެސް ހިއްސާދާރެކެވެ.

އައިޕީއެލް 2008 ވަނަ އަހަރު ފެށިއިރު، އާރްސީބީ ގަތީ 111.6 މިލިއަން ޑޮލަރަށް އިންޑިއާގެ ވިޔަފާރިވެރިޔާ، ވިޖޭ މާލިޔާގެ ގްރޫޕް، ޔުނައިޓެޑް ބްރެވެރީސް ގްރޫޕުންނެވެ. އަދި، 2023 ވަނަ އަހަރު ބެންގަލޫރުގެ އަންހެން ޓީމު ގަންނަން 110 މިލިއަން ޑޮލަރުގެ ބިޑެއް ފުރިހަަމަ ކުރި އެވެ.

އާރްސީބީ މި ފަހަރު 1.78 ބިލިއަން ޑޮލަރުގެ ޑީލަކަށް ކޮންސޯޓިއަމް އަށް ވިއްކާލަން ނިންމިއިރު، މިއީ، އައިޕީއެލްގެ ތާރީހުގައި އެންމެ އަގުބޮޑު ޑީލެވެ. އެއީ މީގެ ކުރިން، 2021 ވަނަ އަހަރު ލަކްނައު އާއި އަހުމަދުއާބާދުގެ ޑީލް އެއްކޮށް ނިންމީ، 1.69 ބިލިއަން ޑޮލަރުގެ އަގަކަށެވެ.

ކޮންސޯޓިއަމް އަށް އާރްސީބީގެ ޑީލް އެއްކޮށް ފުރިހަަމަ ކުރެވޭނީ، އިންޑިއާގެ ކްރިކެޓް ބޯޑް، ބީސީސީއައި އާއި ކޮމްޕެޓިޝަން ކޮމިޝަން އޮފް އިންޑިއާ އިން ހުރިހާ ލިޔެކިޔުންތައް ވެރިފައިކޮށް، ރަޖިސްޓްރޭޝަން ފުރިހަަމަކޮށްދިނުމުންނެވެ.