about 3 hours 0
about 3 hours 0
ބާލިން (ޑިސެމްބަރު 15) - ޖަރުމަނު ލީގުގެ ފުލުގައި އޮތް މައިންޒާ ދެކޮޅަށް ރޭ ލީގުގެ އެއް ވަނައިގައި އޮތް ބަޔާން މިއުނިކުން ކުޅުނު މެޗުގައި ފަހު ވަގުތު ހެރީ ކޭން ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ޕޮއިންޓެއް ހޯދައިފި އެވެ.
ލީގުގެ ކުރީގައި އޮތް ތިން ޓީމަށް ވެސް މި ހަފްތާގައި ކުޅުނު މެޗުތަކުން މޮޅެއް ލިބިފައިނުވެ އެވެ. އެ ގޮތުން، ހުކުރު ދުވަހުގެރޭ، ލީގުގެ ދެ ވަނައިގައި އޮތް އާރްބީ ލައިޕްޒިގު ކުޅުނު މެޗުން، ޔޫނިއަން ބާލިން އަތުން 3-1 އިން ބަލިވިއިރު، އޭގެ ފައިދާނަގައި، ލީޑުފުޅާކުރަން ނުކުތް ބަޔާން ވީ އެއްވަރެވެ. އަދި، ދެ ވަަނަ .އަށް ޖެހިލަން ފުރުސަތު އޮތް، ބޮރޫޝިއާ ޑޯޓްމަންޑް ރޭ ވަނީ 1-1 އިން ފްރައިބާގާ އެއްވަރުވެފަ އެވެ.
ބަޔާނުން ލީގުގެ އެއް ވަނައިގައި އޮތީ 14 މެޗުން 38 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލައިޕްޒިގާއި ތިން ވަނައިގައި އޮތް ޑޯޓްމަންޑަށް ވެސް ވަނީ 14 މެޗުން 29 ޕޮއިންޓް ލިބިފަ އެވެ.
ރޭގެ މެޗުގައި ބަޔާނުން ލީޑުނެގީ 17 އަހަރުގެ މިޑްފީލްޑަރު، ލެނާޓް ކާލް، މެޗުގެ 29 ވަނަ މިނިޓްގައި، ސާޖް ގްނަބްރީ ދިން ބޯޅައަކުން ޖެހި ލަނޑުންނެވެ. އެކަމަކު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި، މައިންޒްގެ ކެޝްޕާ ޕޮޓުލްސްކީ ވަނީ ބޮލުން ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
ބަޔާން ސިއްސުވާލުމަށް ފަހު، މައިންޒް އިން ލީޑުނެގީ، މެޗުގެ، 67 ވަނަ މިނިޓްގައި ލީ ޖައެ ސަން ޖެހި ގޯލުންނެވެ. މައިންޒުން ސީޒަނުގައި ދެ ވަނަ މޮޅު ހޯދުމާ ގާތުގައި ވަނިކޮށް، ހެރީ ކޭން ވަނީ މެޗުގެ 87 ވަނަ މިނިޓްގައި، ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ބަޔާނަށް އެއްވަރުކޮށްދީފަ އެވެ. ކޭން ވަނީ ބަޔާނާ ގުޅުނު ފަހުން ފޮނުވާލި 20 ޕެނަލްޓީ ވެސް ވައްދާލައިފަ އެވެ. އަނެއްކޮޅުން، މިއީ މި ފަހަރު ލީގުގައި ކޭން ޖެހި 18 ވަނަ ލަނޑެވެ.
ލީގުގެ ފުލުގައި އޮތް މައިންޒަށް ލިބިފައިވަނީ، 14 މެޗުން ހަތް ޕޮއިންޓެވެ.
Comment