Advertisement

މެސީ، 14 އަހަރަށް ފަހު އިންޑިއާ އަށް

about 2 hours 0


މެސީ، 14 އަހަރަށް ފަހު އިންޑިއާ އަށް

about 2 hours 0

ކަލްކަތާ، އިންޑިއާ (ޑިސެމްބަރު 13) - ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ތަރި، އާޖެންޓީނާގެ ލިއޮނަލް މެސީ، 14 އަހަރަށް ފަހު އިންޑިއާ އަށް ކުރާ ތިން ދުވަހުގެ ޓުއާ އެއް ފަށައިފި އެވެ.

އިންޑިއާގެ ސަރުކާރުންނާއި ވިޔަފާރިވެރިންގެ ފަރާތުން ބޮޑު ހޭދަތަކެއް ކޮށްގެން މެސީ، އިންޑިއާ އަށް ގެނެސްގެން ކުރާ މި އިވެންޓްތައް އޮތީ ރެއިން ފެށިގެން 72 ގަޑިއިރަށް ވަރަށް ބާރު ބޮޑު ޝެޑިއުލަަކަށް ފައްތައިފަ އެވެ.

މެސީ، އިންޑިއާ އަށް ކުރި ދަތުރުގެ ތެރެއިން: ގިނަ އަދަދެއްގެ ސަޕޯޓަރުން އަންނަނީ އެކި ހަރަކާތްތަކުގައި ބައިވެރިވަމުން.


އެ ގޮތުން، މެސީގެ މި ދަތުރުގައި، ކަލްކަތާ އިން އިވެންޓްތައް ފެށުމަށް ފަހު، ހައިދަރުއާބާދު، މުމްބައި އަދި ދިއްލީ އަށް ދަތުރުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި، މެސީ، ތިން ސިޓީއެއްގެ ޗީފް މިނިސްޓަރުންނާއި އެކި ފަންނާނުންނާ ބައްދަލުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކަލްކަތާގައި މިއަދު ހެނދުނު އިވެންޓްތައް ފެށިގެންދިޔައިރު، ސިޔާސީ އެކި ފަރާތްތަކާއި ފުޓްބޯޅައިގެ އެކި އިންވެސްޓަރުންގެ އިތުރުން މެސީއާ ބައްދަލުކޮށްފައިވާ އަނެއް ފަރާތަކީ، މަޝްހޫރު ފިލްމީތަރި، ޝާރުކްހާން އެވެ.

މެސީއާ އެކު، މި ޓުއާގައި، އޭނާއާ އެކު، އިންޓަ މިއާމީ އަށް ކުޅެމުން އަންނަ އުުރުގުއޭގެ ފޯވާޑް، ލުއިސް ސުއަރޭޒް އާއި އާޖެންޓީނާގެ މިޑްފީލްޑަރު، ރޮޑްރީގޯ ޑެ ޕޯލް ބައިވެރިވެ އެވެ. މި ދަތުރުގައި ކޮލްކަތާގެ އިވެންޓްގެ ތެރެއިން މިއަދު ވަނީ އެ ސިޓީގައި ހަދާފައިވާ 70 ފޫޓުގެ މެސީގެ ސްޓެޗޫއެއް، ވާޗުއަލްކޮށް ލޯންޗުކޮށްފަ އެވެ.

މެސީގެ އިންޑިއާ ދަތުރުގެ ތެރެއިން.


އެ އަށް ފަހު، ކަލްކަތާގެ މަޝްހޫރު ދަނޑު، ސޯލްޓް ލޭކް ސްޓޭޑިއަމްގައި މެސީ އަށް މަރުހަބާ ކިއުމަށް 80،000 އަށް ވުރެން ގިނަ ސަޕޯޓަރުން ދަނޑަށް ވަދެ ތިއްބައި، މެސީ، އެ ދަނޑަށް އައިސް، ބައިގަނޑިއިރު ވެސް ނުވަނިސް ދިއުމުން، ގިނަ ސަޕޯޓަރުންތަކެއްގެ ރުޅިގަނޑު ފަޅައިގެން ގޮސް، ދަނޑަށް އަރައި، ތަކެއްޗަށް ވަނީ ގެއްލުން ދީފަ އެވެ.

މި ދަތުރުގެ ކުރިން، އެންމެ ފަހުން، މެސީ، އިންޑިއާ އަށް ދިޔައީ، 2011 ވަނަ އަހަރު މެޗެއް ކުޅުމަށެވެ. އެއީ، ސޯލްޓް ލޭކް ސްޓޭޑިއަމްގައި، ވެނެޒުއޭލާއާ ދެކޮޅަށް ކުޅުުނު އެކުވެރިކަމުގެ މެޗަކަށެވެ، އެ މެޗަށް ވެސް 80،000 އަށް ވުރެން ގިނަ ސަޕޯޓަރުން ވަދެފައިވެ އެެވެ. އަދި، ފޭކު ޓިކެޓް ގަނެގެން ދަނޑަށް ގިނަ ބަޔަކު ވަން މައްސަލަތަކެއް ވެސް ކުރިމަަތިވެފައިވެ އެވެ.

"ގޯޓް އިންޑިއާ ޓުއާ"ގެ ނަން ދީފައިވާ މެސީގެ މި ފަހަރުގެ ދަތުރުގައި ވެސް މެޗެއް ކުޅެން ފުރަތަަމަ ޝެޑިއުލްކުރެވުނެވެ. އެއީ، އާޖެންޓީނާ ޓީމު ގެނެސްގެން ކުޅުމަށެވެ. އެކަމަކު، ފަހުން އޮގަނައިޒަރުން ވަނީ އެކަން ދޫކޮށްލައިފަ އެވެ.

މެސީގެ މި ޓުއާގައި، މުމްބާއި އަށް ދާއިރު، އިންޑިއާގެ ގައުމީ ޓީމުގެ ކެޕްޓަން، ޗެތުރީއާ އެކު ބައްދަލުވުމެއް ބާއްވަން، މި އިވެންޓްގެ އޮގަނައިޒަރުން ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު، އިންޑިއާގެ ގިނަ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި، ޗެތުރީ ވަނީ މެސީއާ ބައްދަލުކުރަން މި ހުށަހެޅި ދައުވަތު ގަބޫލުކުރަން ބޭނުންނުވާ ކަމަށް އަންގައިފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޗެތުރީ މި ދައުވަތަށް އިންކާރުކުރި އެންމެ ބޮޑު ސަބަބަކީ މި ވަގުތު އިންޑިއާ ފުޓްބޯޅަައިގެ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވަނިކޮށް، މެސީ ފަދަ ކުޅުންތެރިއަކު ގެނެސްގެން، ފުޓްބޯޅައިގެ ހަރަކާތް މަދުކޮށް ހިންގާ ކަންތައްތަކެއްގައި ބައިވެރިވާން ބޭނުންނުވާތީ އެވެ. މީގެ ކުރިން، މެސީގެ މި ދަތުުރުގައި މެޗުތަކެއް ކުޅޭ ގޮތަށް އޮތް ބައި މިހާރު ވަނީ ޝެޑިއުލުން އުނިކޮށްފަ އެވެ.

އަސާސީ ގަވާއިދާއި އެކި އެކި ހިޔާލީ ތަފާތުވުންތަކާ ހެދި އިންޑިއާގެ މައި ފުޓްބޯޅަ ލީގު، ސުޕަ ލީގު އޮތީ ހުއްޓިފަ އެެވެ. ފަށާނެ ދުވަހެއް ވެސް ނޭނގޭއިރު، ކްލަބްތަކާއި ކުޅުންތެރިން ތިބީ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ. އިންޑިއާ ފުޓްބޯޅައިގެ ގަވާއިދުތަކާ ބެހޭ މައްސަލައެއް ސުޕްރީމު ކޯޓުގައިވެސް އެބަހިނގަ އެވެ. އަދި، އިންޑިއާގެ ފުޓްބޯޅަ ޓީމުގެ ނަތީޖާތައް ފާއިތުވި 10 އަހަަރު ތެރޭ އެންމެ ދަށް ދުވަސްވަރާ ކުރިމަތިލާން ޖެހިފައިވާއިރު، ރޭންކިންގައި ވެސް ވަނީ ފަހަަތައް ސޮއްސާލައިފަ އެވެ.

ސޯލްޓް ލޭކް ސްޓޭޑިއަމްގައި މެސީ އަށް މަރުހަބާ ކިއުމަށް ބޭއްވި އިވެންޓްގައި، ސަޕޯޓަރުންނާ އެކު ގިނަ ވަގުތުތަކެއް މެސީ ހޭދަކުރާ ގޮތަށް ތާވަލުކޮށްފައި އެ ގޮތަށް ކުރިއަށް ނުގެންދިއުމުން ގިނަ ސަޕޯޓަރުންތަކެއް ވަނީ ނުރުހުން ފާޅުކޮށް ދަނޑަށް އަރައިފައި.---