Advertisement

އިނގިރޭސި ދަސްނުކުރެވުނީތީ މެސީ ހިތާމަކުރަނީ

about 7 hours 0


އިނގިރޭސި ދަސްނުކުރެވުނީތީ މެސީ ހިތާމަކުރަނީ

about 7 hours 0

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ފެބްރުއަރީ 26) - ކުޅުމުގެ ކެރިއަރުގެ ތެރެއިން ލިބުނު ފުރުސަތުތަކުގެ ބޭނުންހިފައި އިނގިރޭސި ދަސްނުކުރެވުނީތީވެ މިހާރު ހިތާމަކުރާ ކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ، ލިއޮނަލް މެސީ ބުނެފި އެވެ.

މެކްސިކޯގެ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން މެސީ، 38، ބުނީ ފުޓްބޯޅަ ކެރިއަރުގައި ކަންތައްތައް ހިނގައިދިޔަ ގޮތުން ހިތާމަކުރާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެ ގޮތުން، ކެރިއަރުގެ އެންމެ ފުރަތަމަ ދުވަސްތަކުގައި އިނގިރޭސި ދަސްކުރަން ލިބުނު ފުރުސަތުތައް ދޫކޮށްލެވުމަކީ ހެދުނު ގޯހެއް ކަމަށް މިހާރު އިހުސާސް ކުރެވޭ ކަމަށް މެސީ ވަނީ ބުނެފަ އެވެ.

"އަހަންނަށް އެ ފުރުސަތު ލިބުނު، އިނގިރޭސި ދަސްނުކުރެވުނީތީވެ ވަރަށް ހިތާމަކުރަން،" އިންޓަ މިއާމީގެ ކެޕްޓަން، މެސީ ބުންޏެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އެއްބަސްވާ މެސީ ބުނީ، އިނގިރޭސި ރަނގަޅަށް ނޭނގޭތީވެ، ކެރިއަރުގައި އުނދަގޫ ހާލަތްތަކާ ވެސް ކުރިމަތިލާން ޖެހުނު ކަމަށެވެ.

"އަހަންނަށް ތަޖުރިބާ ކުރެވުނު ވަރަށް ހާއްސަ އެތައް ފަރާތަކާ އެކު އަހަންނަށް ވަގުތު ހޭދަކޮށްލަން ލިބިފައި އެ މީހުންނާ ވާހަކަ ނުދައްކައި ހުންނަން ޖެހުނު ހާލަތްތައް. ވަރަށް ދެރަވަރުކޮށް އަހަންނަށް އެ ވަގުތުތައް ދިޔައީ،" މެސީ ބުންޏެވެ.

މެސީ ވަނީ ޅަ އުމުރުގައި ސްޕެއިނަށް ބަދަލުވެ، އެ ގައުމުގެ ގިނަ ކަންކަން ދަސްކޮށްފަ އެވެ. އަދި، ސްޕެއިން ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ވެސް މެސީ އަށް ލިބުނުއިރު، އޭނާ ފަހުން ނިންމީ އުފަން ގަައުމު އާޖެންޓީނާ ތަމްސީލްކުރުމަށް ކަަމަށެވެ.

ބާސެލޯނާ އާއި ޕީއެސްޖީ އަށް ކުރިން ކުޅުނު އާޖެންޓީނާ ގައުމީ ޓީމުގެ ކެޕްޓަން، މެސީ ބުނީ، މިހާރު ހުރިހާ ފޯކަސްއެއް ހުރީ އިންޓަ މިއާމީއާ އެކު، ރަނގަޅު ސީޒަނެއް ކުޅެ، ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމަށް ކަމަށެވެ.