Advertisement

ސަޕޯޓަރަކު އަރައި މެސީ ދަނޑު މައްޗަށް ވައްޓާލައިފި

about 2 hours 0


ސަޕޯޓަރަކު އަރައި މެސީ ދަނޑު މައްޗަށް ވައްޓާލައިފި

about 2 hours 0

ޕުއެޓޯ ރީކޯ (ފެބްރުއަރީ 28) - އެކުވެރިކަމުގެ މެޗެއްގައި ކުޅެމުން ދަނިކޮށް އިންޓަ މިއާމީގެ ކެޕްޓަން ލިއޮނަލް މެސީއާ ބައްދަލުކުރަން ދަނޑުމައްޗަށް އެރި ސަޕޯޓަރަކު، މެސީ ގައިގައި އޮޅުލައި، އެނާ ދަނޑުމައްޗަށް ވައްޓާލައިފި އެވެ.

މި މަހު 15 ވަނަ ދުވަހަށް އެންމެ ފުރަތަމަ ތާވަލުކުރި، އިންޓަ މިއާމީ އާއި އިންޑިޕެންޑިއެންޓޭ ޑެލް ވެލޭގެ މެޗު އެ ދުވަހު ނުކުޅެވުނީ މެސީ އަނިޔާއެއްގައި ހުރުމުންނެވެ.

ރީޝެޑިއުލް ކޮށްގެން ކުޅުނު މި މެޗުގައި ވެސް މެސީ ކުޅެން އެރީ ބަދަލަކަށެވެ. މެސީގެ ޕެނަލްޓީއާ އެކު އިންޓަ މިއާމީ މޮޅުވި މި މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ދަނޑުމައްޗަށް ސަޕޯޓަރުން ވަނީ އަރައިފަ އެވެ. އޭގެ ތެެެރެއިން އެއް ސަޕޯޓަރަކު މެސީ ގައިގައި އޮޅުލައި، އޭނާ ދަނޑުމައްޗަށް ވައްޓާލުމާ އެކު، ސެކިއުރިޓީން ވަނީ އޭނާ ހުއްޓުވައިފަ އެވެ.

ސެކިއުރިޓީން ވަނީ މެސީ އެއް ކައިރިއަށް ގެންގޮސް، ދަނޑަށް އެރި ސަޕޯޓަރުން ބާލައިފަ އެވެ.

އިންޓަ މިއާމީން މި ފަހަރުގެ މޭޖަ ލީގު ސޮކާ (އެމްއެލްއެސް) ފެށީ ދަށްކޮށެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި އެލްއޭ އެފްސީ އަތުން ވަނީ 3-0 އިން ބަލިވެފަ އެވެ.

އިންޓަ މިއާމީން ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ބައްދަލުކުރަނީ މާދަމާރޭ އޯލާންޑޯ ސިޓީއާ އެވެ.