about 18 hours 2
މުހައްމަދު ޝަހްޒާން
ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު ހައްޔަރުކޮށްގެން ގެންދަނީ -- ފޮޓޯ: ސްނެޕްޝޮޓް
about 18 hours 2
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން އިއްޔެ ހެނދުނުން ފެށިގެން ކުރަމުންދާ މުޒާހަރާގެ ތެރެއިން ގަކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ހިމެނޭހެން ތިން މީހުން ހައްޔަރުކޮށްފި އެވެ.
މައުރޫފް ޒާކިރުއަކީ އެ ޖަމިއްޔާގެ ސެކްރެޓްރީ ޖެނެރަލް އެވެ.އެ ތިން މީހުން ހައްޔަރުކުރީ މަސްވެރިންގެ މުޒާހަރާ ލީޑުކުރާ ދޯނީގައި އެ މީހުން ތިއްބައި އެ ދޯންޏަށް ފުލުހުންގެ ފައުޖެއް އަރަ އެވެ.
"މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖާ ގުޅިގެން 2 ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ. މިމީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހިމެނޭ،" މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުންޏެވެ.
މި ހަބަރު ފުރަތަމަ ޝާއިއުކުރި ވަގުތު ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ނައިބު ރައީސް އިމްރާން މުހައްމަދު ހައްޔަރުކުރި ކަމަށް ލިޔެފައިވަނީ އެ ވަގުތު އެ ދޯނިން ދީފައިވާ މައުލޫމާތުގެ ކުށެއްގެ ސަބަބުންނެވެ. ފުލުހުން ވަނީ އިމްރާން ހައްޔަރުނުކުރާކަން ޔަގީންކޮށްދީފަ އެވެ.
މަސްވެރިންގެ މުޒާހަރާގައި ބައިވެރިވާ ދޯނިޔަކަށް ފުލުހުން މިއަދު ހެނދުނު އަރަން ފެށީ މުޒާހަރާގައި ބިދޭސީން ބައިވެރިވާ ކަމަށް ބުނެ އެވެ. ނަމަވެސް، މިހައިތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގަވާއިދާ އެއްގޮތަށް އުޅުނު ހަތަރު ބިދޭސީންނެވެ. އޭގެއިތުރުން މުޒާހަރާގައި ބައިވެރިވާ ދެ ދޯނި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
ހައްޔަރުކުރުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، އަދަދު އާ ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ފުލުހުން ދޯނިތަކަށް ފުލުހުން އަރައި އެމީހުންގެ ބެލުމުގެ ދަށަށް ދޯނިތައް ގެންދަން ފެށީ ކޯޓު އަމުރެއް ވެސް ނުދައްކައި ކަމަށެވެ.
"ދެ ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި ކޯޓު އަމުރެއް ނުދައްކާ، ގާނޫނާ ހިލާފަށް، ސީދާ ގައިރުގާނޫނީކޮށް އެކަން އެ ކުރަނީ، ދިވެހިރާއްޖޭގެ އެއްވެސް ގާނޫނަކުން މަނާކަމެއް ނޫން އިހުތިޖާޖު ކުރުމަކީ،" މައުރޫފް ވިދާޅުވި އެވެ.
މަސްވެރިންގެ ދުވަހާ ގުޅުވައި މާލޭ އެއް ނަންބަރު ފާލަން ބޭރުގައި މަސްވެރިން ކުރަމުންދާ މުޒާހަރާގައި މިވަގުތު 25 ވަރަކަށް ދޯނި އެބައޮތެވެ.
މަސްއޮޑިފަހަރަށް އިމިގްރޭޝަން އޮފިސަރުންނާއެކު ފުލުހުން އަރަން ފެށީ މުޒާހަރާއަށް ހުރަސް ނާޅަން މަސްވެރިންގެ ޔޫނިއަނާއި މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އިން މިއަދު ގޮވާލައިިފައި އޮއްވަ އެވެ.
މުޒާހަރާގައި މަސްވެރިން ސަރުކާރަށް ތިން ޑިމާންޑެއް އެބަ ކުރެ އެވެ. އެއީ ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment