Advertisement

ވައްކަމުގެ މައްސަލައެއްގައި އަރުޝަދަށް ނުވަ މަހުގެ ޖަލު ހުކުމެއް އިއްވައިފި

7 ޖަނަވަރީ 2026 - 17:43 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު: އޭނާ ޖަލަށްލާން ހުކުމްކުރީ ވައްކަމުގެ މައްސަލައެއްގައި


ވައްކަމުގެ މައްސަލައެއްގައި އަރުޝަދަށް ނުވަ މަހުގެ ޖަލު ހުކުމެއް އިއްވައިފި

7 ޖަނަވަރީ 2026 - 17:43 1

ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދުގެ މައްޗަށް ވައްކަމުގެ މައްސަލައެއް ސާބިތުވެ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް މިދިޔަ ހަފްތާގައި އިއްވައިފި އެވެ.

އަރުޝަދުގެ މައްޗަށް ސާބިތުވީ ގ. ނިއުޝާރާޒް ގޭގެ ފުރަތަމަ ފަންގިފިލާގައި ހުރި ވިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ އޮފީހުގައި ހުރި ތިޖުރީއެއް ވަގަން ނަގަން އުޅުނު މައްސަލަ އެވެ.

އެ މައްސަލައިގައި ވައްކަން ކުރަން އުޅުމުގެ ކުށް ސާބިތުވުމުގެ އޭނާގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.

އަރުޝަދުގެ މައްޗަށް މި މައްސަލައާ ގުޅިގެން އުފުލާފައިވާ މުދަލަށް ގެއްލުންދިން މައްސަލައިގައި އިއްވީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް ހުކުމުގެ ކުރީގައި ބަންދުގައި ހުރި މުއްދަތު ކެނޑުމުން އޭނާ ތަންފީޒުކުރަން ޖެހޭނީ ފަސް މަހާއި ނުވަ ދުވަސް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

މިގޮތުން އަރުޝަދުގެ މައްޗަށް ސާބިތުވި ދެ ކުށާއެކު ބަންދުގައި ހޭދަކުރި މުއްދަތް ކެނޑުމަށްފަހު އޭނާ ޖަލުގައި ހޭދަކުރަން ޖެހޭނީ ޖުމްލަ ހަތް މަހާއި 21 ދުވަހެކެވެ.

ފުޅާ ދާއިރާގައި މަސްތުވާތަކެތި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް އަރުޝަދު މީގެ ކުރިން ގެންގޮސްފައިވާއިރު، އޭނާ ވަނީ ސަލާމަތްވެފަ އެވެ. އޭރު އޭނާ ބަންދުކުރަން ކޯޓުން އަމުރެއް ނެރުނީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ވެސް ކަނޑައަޅާފައިވެ އެވެ.