Advertisement

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ބޮޑު ވޭޕް ޝިޕްމަންޓެއް ހިފަހައްޓައިފި

11 ޑިސެންބަރު 2025 - 11:26 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކަސްޓަމުން އަތުލައިގަތް ވޭޕް ކާޓްރިޖްތަކެއް


ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ބޮޑު ވޭޕް ޝިޕްމަންޓެއް ހިފަހައްޓައިފި

11 ޑިސެންބަރު 2025 - 11:26 0

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ބޮޑު ވޭޕް ޝިޕްމަންޓެއް ކަސްޓަމްސް މާލޭ ކޮމާޝަލް ހާބަރުން އަތުލައިގަނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކަސްޓަމުން ހިންގި އޮޕަރޭޝަންގައި ޝިޕްމަންޓެއްގެ ތެރެއިން ފޮރުވާފައި ހުއްޓާ 10،800 ވޭޕް ކާޓްރިޖް ފެނިފައިވާއިރު، އެ ތަކެތީގެ މަގުމަތީ އަގު 2.7 މިލިއަން ރުފިޔާއަށް އަރަ އެވެ.

"މި އޮޕަރޭޝަންގައި ބަލާފާސްކުރެވުނު ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ވަނީ ފެނިފައި. މިގޮތުން ޖުމްލަ 10،800 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައިވޭ،" ކަސްޓަމުން ބުންޏެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ކަސްޓަމުން ބުންޏެވެ.

މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 15، 2024، ގެ ފަހުން ވޭޕާއި އިލެކްޓްރިކް ސިނގިރޭޓު ރާއްޖެއަށް އެތެރެކުރުން މަނާކުރި ފަހުން ހިފެހެއްޓި އެންމެ ބޮޑު ވޭޕް ޝިޕްމަންޓެވެ.

ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރިފަހުން ކަސްޓަމުން ވަނީ މިހާތަނަށް 66،000 އަށްވުރެ ގިނަ ވޭޕް އަތުލައިގަނެފަ އެވެ.