about 2 hours 1
ލީވާން އަލީ ނާސިރު
މުހައްމަދު މުއިއްޒު: އާދަ ހިފާފައި ހުންނަ ކަންކަމަކީ ބޭންކޮށްގެން ދުރުކުރެވޭނެ ކަންކަން ނޫން ކަމަށް މުއިއްޒު ވިދާޅުވި -- ފޮޓޯ: ޕީއެންސީ
about 2 hours 1
އާދަ ހިފާފައި ހުންނަ ކަންކަމަކީ ބޭންކޮށްގެން ދުރުކުރެވޭނެ ކަންކަން ނޫން ކަމަށް މުހައްމަދު މުއިއްޒު މިދިޔަ އާދީއްތަ ދުވަހު ވިދާޅުވެއްޖެ އެވެ.
ވެރިކަން ހިންގާ ޕީއެންސީން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާއެއްގައި މުއިއްޒު ވިދާޅުވީ ދުން ގުޑުގުޑާއަކީ ކުރިން ގިނަ ބަޔަކު ބޯ އެއްޗަކަށްވާއިރު، އެއީ ދިވެހިންގެ ތެރޭގައި އާދަ ހިފާފައި އޮތް ކަމެއް ކަމަށެވެ.
މިގޮތުން ދިވެހިންގެ ތެރޭގައި އެހާ ބޮޑަށް އާދަ ހިފާފައި އޮންނަ ކަންކަން ބޭންކޮށްގެން އެއާ ދުރު ނުކުރެވޭނެ ކަމަށާއި އޭގެ ބަދަލުގައި ކުރަން ޖެހޭ ކަމަކީ ދުރު ކުރުވަން ހޭލުންތެރިކުރުވުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ދުރުހެލިވުމަށް ބާރު އަޅައި ހިތްވަރު ދޭން އަޅުގަނޑުމެން ބޭނުންވަނީ. މިހާރު ޝީޝާ ބުޔަސް ކުރީ ޒަމާނުގައި، ކުޑައިރު ދުން ގުޑުގުޑާ ބޮނީ. އެއީ އޭރު އެންމެން ބޯ، ވަރަށް ބޮޑަށް ދިވެހި ތެރޭގައި އާދަ ހިފާފައި އޮތް ކަމެއް އެއީ،" މުއިއްޒު ވިދާޅުވި އެވެ.
"އެހެންވީމާ އެހާ ބޮޑަށް އާދަ ހިފާފައި އޮންނަ ކަންކަމުންނެއް ދުރުދުރެއް ނުކުރެވޭނެ ބޭން ކޮށްގެންނެއް. އެހެން ނަމަވެސް އެ ކަންކަމަށް ހޭލުންތެރިކޮށްދީ އެ ކަންކަން ދުރުވުމަށް."
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވި ގޮތަށް، ދިވެހިރާއްޖޭގައި ގުޑުގުޑާ މަނާކޮށް، ހަކުރަށް ދޭ ސަބްސިޑީ ކަނޑާލަން ނުއުޅޭ ކަމުގެ ޔަގީންކަން އެ ޖަލްސާގައި މުއިއްޒު ދެއްވި އެވެ.
މި ސަރުކާރުން 2024 ވަނަ އަހަރު ރާއްޖެއިން ވޭޕް މަނާކުރީ އެކަމަށް ހަދަން ޖެހޭ ދިރާސާތައް ނަހަދައި ވަރަށް އަވަސް އަރުވާލައިގެންނެވެ. ރާއްޖެއިން ވޭޕް މަނާކުރީ ގިނަ ޒުވާނުން އެއަށް ދެވި ހިފާފައިވާ ދަނޑިވަޅެއްގަ އެވެ.
އެގޮތުން ވޭޕް ބުއި ގިނަ ޒުވާނުން މިއަދު ދުންފަތުގެ އިސްތިއުމާލުކުރާކަން ފާހަގަކުރެވެއިރު، ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ދުންފަތާ ދުރުކުރުވަން ސަރުކާރަށްޒުވ މާ ބޮޑު މަސައްކަތެއް ނުކުރެވޭކަން ވެސް ފާހަގަކުރެވެ އެވެ.
ރާއްޖެއިން ވޭޕް މަނާކުރުމަށްފަހު މި ސަރުކާރުން ވަނީ ދުންފަތުން ޓެކްސް ބޮޑުކުރުމުގެ އިތުރުން ދުންފަތުގެ ޖެނެރޭޝަނަލް ބޭންއެއް ވެސް ގެނެސްފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment