Advertisement

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 36 ކިލޯގެ ހަޝިޝް އޮއިލް އަތުލައިގަނެފި

14 ފެބުރުވަރީ 2026 - 19:09 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ހަޝިޝް އޮއިލް -- ފޮޓޯ: ކަސްޓަމްސް


ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 36 ކިލޯގެ ހަޝިޝް އޮއިލް އަތުލައިގަނެފި

14 ފެބުރުވަރީ 2026 - 19:09 2

ކަނޑުމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމަންޓެއްގައި ފޮރުވައިގެން 36.43 ކިލޯގެ ހަޝިޝް އޮއިލް ގެންނަން އުޅެނިކޮށް މޯލްޑިވްސް ކަސްޓަމް ސާވިސް އިން އަތުލައިގަނެފި އެވެ.

ކަސްޓަމުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު މާލޭ ކޮމާޝަލް ހާބަރުން އަތުލައިގަތް މަސްތުވާތަކެތީގެ ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން ޕޮޒިޓިވްވީ ހަޝިޝް އޮއިލްއަށް ކަމަށެވެ.

އަތުލައިގަތް 36.43 ކިލޯގެ މަސްތުވާތަކެތީގެ މަގުމަތީ އަގު 29 މިލިއަން ރުފިޔާއަށްވުރެ އިތުރު ކަމަށް ކަސްޓަމުން ބުންޏެވެ.

މިއީ މި އަހަރު ތެރޭގައި ތެރޭގައި މިހާތަނަށް އެއްފަހަރާ އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަނެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗޮކްލެޓް ސިރަޕްފުޅިތަކެއްގައި ފޮރުވައިގެން 30 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ވެސް ކަސްޓަމުން އަތުލައިގަތެވެ. އެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށް ތަހުގީގު ދަނީ ކުރިއަށެވެ.