Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކަށް "އަދަދު ސްޕޯޓްސް"

about 23 hours 0

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި، ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން އާއި އަދަދު ސްޕޯޓްސް އިން އެއްބަަސްވުމުގައި ސޮއިކުރުމަށްފަހު.--- ފޮޓޯ: އިމޭޖަސް.އެމްވީ


ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކަށް "އަދަދު ސްޕޯޓްސް"

about 23 hours 0

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކަށް މި ފަހަރު ވެސް "އަދަދު ސްޕޯޓްސް" ހަމަޖައްސައިފި އެވެ

މިއީ، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕާޓްނަރެއްގެ ގޮތުގައި އަދަދު ސްޕޯޓްސް އިން މަަސައްކަތްކުރާނެ ހަތަރު ވަނަ އަހަރެވެ.

އެ ގޮތުން، ފުރަތަމަ ދެ އަހަރު، "އަދަދު ސްޕޯޓްސް" އިން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕީއާރް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުމަށް ފަހު، "އަދަދު ސްޕޯޓްސް" މިދިޔަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަނީ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގަ އެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާ އެވެ. "އަދަދު ސްޕޯޓްސް" ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ "އަދަދު ސްޕޯޓްސް"ގެ އެޑިޓަރު، އައްޒާމް އަލިފުޅު އެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން އާއި "އަދަދު ސްޕޯޓްސް" އިން އެއްބަސްވުމުގައި ސޮއިކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


"އަދަދު ސްޕޯޓްސް" އާ ވާހަކަ ދައްކަމުން، ރިލްވާން ވިދާޅުވީ، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕާޓްނަރެއްގެ ގޮތުގައި، "އަދަދު ސްޕޯޓްސް" އިން ބައިވެރިވެ، ރާއްޖޭގެ ގިނަ ބަޔަކަށް ބޭނުންވާ މުބާރާތުގެ މައުލޫމާތުތައް ގެނެސްދެމުން އަންނަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި، އަހަރުން އަހަރަށް ގޯލްޑަން އިތުރަށް ފުޅާކުރުމަށާއި މުބާރާތުގެ ކުރިއެރުމަށްޓަކައި، "އަދަދު ސްޕޯޓްސް" އިން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނާ ގުޅިގެން ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ ކަަމަށް ރިލްވާން ފާހަގަކުރެއްވި އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަށް ހާއްސަކޮށް އަބަދުވެސް، "އަދަދު ސްޕޯޓްސް" އިން ފުރިހަަމަ ކަވަރޭޖެއް ގެނައުމަށް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން، ޓީމުތަކާއި ކުޅުންތެރިން ގޯލްޑަން ފުޓްސަލް ޗެލެންޖަށް ވަމުން އަންނަ ތައްޔާރީތަކުގެ ހަބަރުތައް ހިމެނޭ މައުލޫމާތުތަކާއި، ކުޅުންތެރިންގެ ވީޑިއޯ އިންޓަވިއު ގެނެސްދެ އެވެ.

އެ ގޮތުން، މި ފަަހަރުގެ މުބާރާތަށް ހާއްސަކޮށް ވީޑިއޯ ސެގްމަންޓްތަކެއް ގެނައުމަށް، "އަދަދު ސްޕޯޓްސް" އިން ވަނީ ނިންމައިފަ އެވެ.

މި އަހަރުގެ މުބާރާތުގައި 119 ޓީމުން ބައިވެރިވެފައިވާއިރު، މުބާރާތް ފަށާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު، އެންމެ ފަހުން ދެ އަހަރުގެ ޗެމްޕިއަން، ކ. ކާށިދޫ އާއި ބ. އޭދަފުށްޓާ ދެމެދު ކުޅޭ ޗެރިޓީ ޝީލްޑް މެޗުންނެވެ. އެ އަށް ފަހު، އަތޮޅު ބުރުގެ މެޗުތައް، ޖެނުއަރީ ހަތަރެއްގައި ފެށޭނެ އެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އެންމެ ފުރަތަމަ މި މުބާރާތް ބޭއްވީ 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން، މި މުބާރާތް ނުބޭއްވި ދިޔައީ، ކޮވިޑް-19ގެ ސަަބަބުން އައި މެދުކެނޑުމާ ހެދި އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ، ތ. ތިމަރަފުށިން ތިން ފަހަރު، ލ. ގަން، ބ. އޭދަފުށި، ބ. ހިތާދޫ، ކ. ކާށިދޫ މާފަންނު އަދި ހެންވޭރު އެވެ.