about 16 hours 0
ސާއިފް ޝިޔާދު
މާލޭ ބޭރުގައި މިވަގުތު މުޒާހަރާ ކުރަމުންދާ ބައެއް އޮޑިފަހަރު. މަސްވެރިންގެ މައިގަނޑު ތިން ޑިމާންޑެއް ވަނީ ސަރުކާރަށް ހުށަހަޅާފައި ---- ފޮޓޯ: އަދަދު
about 16 hours 0
ބޮޑު ކަންނެލި މަސްވެރިންނަށް ވެފައިވާ ވައުދުތައް ސަރުކާރުން ނުފުއްދާތީ ބޮޑު ކަންނެލި މަސްވެެރިންގެ ޔޫނިއަނުން މުޒާހަރާއަށް ނުކުތުމުން އެ ވައުދުތައް ފުއްދާނެ ކަމަށް ސަރުކާރުން އަނެއްކާ ވެސް ބުނެފި އެވެ.
މަސްވެރިންގެ އިހުތިޖާޖުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ 49 އޮޑިފަހަރު ބައިވެރިވެ އެވެ. ހެނދުނު 09:30 ގައި ހުޅުމާލޭ ކަންނެލި ޖެޓީން ފެށި އިހުތިޖާޖު މިވަގުތު ކުރިއަށްދަނީ މާލޭ ބޭރުގައި ކަނޑުމަތީގަ އެވެ.
މަސްވެރިންގެ އިހުތިޖާޖުގައި މައިގަނޑު ގޮތެއްގައި ސަރުކާރަށް ކުރަމުން ދަނީ ތިން ޑިމާންޑެކެވެ. އެ މި ސަރުކާރުގެ މެނިފެސްޓޯގައި ވެސް ހިމަނާފައިވާ ގޮތަށް:
އެ މުޒާހަރާއަށް އިޝާރާތް ކުރައްވައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އެކްސްގައި ލިޔުއްވި ގޮތުގައި ހުރިހާ ބާވަތެއްގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް މި ސަރުކާރުން މައުނަވީ ހައްލެއް ހޯދައިދޭނެ އެވެ. ނަމަވެސް، މަސް ގަންނަ އެންމެ ދަށް އަގު ކަނޑައެޅުމާއި މިފްކޯއަށް މަސް ގަތުމުގެ ޑިމާންޑަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ.
"ސަރުކާރުން ދަނީ ހުޅުމާލޭގައި ބޮޑު ކަންނެލި މަސް ޕްރޮސެސް ކުރުމަށް ގާއިމުކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް ޖެނުއަރީ މަސް ތެރޭގައި ފެށުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުން،" ޝިޔާމު ވިދާޅުވި އެވެ.
އޭގެ އިތުރުން، އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ކޮންމެ އަތޮޅަކުން ވެސް އެއް ރަށަކުން އެސްޓީއޯގެ ބޭސް ރޭޓުގައި ކަންނެލި މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތް ހަމަޖެހޭނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
މަސްވެރިންގެ މުޒާހަރާގައި ޝުއޫރު ފާޅުކުރަމުން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސް، ހުސައިން ނަޝީދު ވިދާޅުވީ އެ ޔޫނިއަން ވުޖޫދުކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ކޮންމެ އަހަރެއްގެ ޑިސެމްބަރު 10، ގައި ބޮޑު ކަންނެލި މަސްވެރިންގެ ހައްގުގައި ހިޔާލު ފާޅުކޮށް އެ އިރެއްގައި އޮންނަ ސަރުކާރަކުން ބޮޑު ކަންނެލި މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވައިލާ ކަމަށެވެ.
"އެގޮތުން މި ސަރުކާރުން ވެސް، މި ސަރުކާރުގެ މެނިފެސްޓޯގައި ޖެހި ބޮޑު ކަންނެލި މަސްވެރިންނަށްވެފައި ހުރި ބައިވަރު ވައުދުތަކެއް އެބަހުރި، ހަގީގަތަކީ މި އިންޑަސްޓްރީގެ ހާލަތު މިއޮތީ އަހަރަކަށްވުރެ އަހަރެއް ދަށްވެފައި،" ނަޝީދު ވިދާޅުވި އެވެ.
"އެހެންކަމުން އަޅުގަނޑުމެން މި ސުލްހަވެރި އިހުތިޖާޖުގައި ސަރުކާރަށް ގޮވައިލަމުން މިދަނީ ސަރުކާރުން ވައުދުވި މިފްކޯއަށް ކަންނެލި ގަތުމާއި އަދި އޭގެއިތުރުން ސަރުކާރުން ވައުދުވެފައިވާ އަގު އަޅުގަނޑުމެން ކަންނެލި މަސްވެރިންނަށް ހޯއްދަވައިދެއްވަން، އެ ވައުދު ފުއްދައިދޭން."
އެ އިހުތިޖާޖު ހުއްޓާނުލައި އަދިވެސް އަންނަނީ ކުރަމުންނެވެ. ޝިޔާމްގެ ޓްވީޓު ފިޔަވައި އިތުރު އިޖާބައެއް އެ އިހުތިޖާޖަށް މިހާތަނަށް ސަރުކާރުން ދީފައެއް ނުވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment