about 18 hours 0
އަހުމަދު އާއިދު
މަސްވެރިންގެ އިހުތިޖާޖާއި ގުޅިގެން މާލޭގެ ނެރު ބަންދުކޮށްފަ --- ފޮޓޯ: އަދަދު
about 18 hours 0
ބޮޑު ކަންނެލި މަސްވެެރިންގެ ޔޫނިއަނުން ކުރިއަށްގެންދާ އިހުތިޖާޖުގައި ބައިވެރިވާ މަސް އޮޑިތައް މާލޭގެ ފަޅަށް ވަނުމަށް މަސައްކަތް ކުރުމުން މާލޭގެ މައި ނެރު ކޯސްޓު ގާޑުން މިއަދު ބަންދުކޮށްފި އެވެ.
ރަސްމީ ފާލަމާ ދިމާލުގައި ހުންނަ ނެރު ބަންދު ކުރީ ސިފައިންގެ ކޯސްޓުގާޑު އުޅަނދުތަކުންނެވެ. ނެރު ބަންދުކުރިއިރު އިހުތިޖާޖުގައި ބައިވެރިވާ 50 ވަރަކަށް އޮޑި މިވަގުތު އޮތީ މާލޭ ބޭރުގަ އެވެ. ބައެއް ދޯނިތައް ދަނީ މާލެ ވަށައިގެން ދުއްވަމުންނެވެ.
މަސްވެރިންގެ އިހުތިޖާޖުގައި މައިގަނޑު ގޮތެއްގައި ސަރުކާރަށް ކުރަމުން ދަނީ ތިން ޑިމާންޑެކެވެ. އެއީ މި ސަރުކާރުގެ މެނިފެސްޓޯގައި ވެސް ހިމަނާފައިވާ ގޮތަށް:
މަސްވެރިންގެ މުޒާހަރާގައި ޝުއޫރު ފާޅުކުރަމުން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސް، ހުސައިން ނަޝީދު ވިދާޅުވީ އެ ޔޫނިއަން ވުޖޫދުކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ކޮންމެ އަހަރެއްގެ ޑިސެމްބަރު 10، ގައި ބޮޑު ކަންނެލި މަސްވެރިންގެ ހައްގުގައި ހިޔާލު ފާޅުކޮށް އެ އިރެއްގައި އޮންނަ ސަރުކާރަކުން ބޮޑު ކަންނެލި މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވައިލާ ކަމަށެވެ.
"އެގޮތުން މި ސަރުކާރުން ވެސް، މި ސަރުކާރުގެ މެނިފެސްޓޯގައި ޖެހި ބޮޑު ކަންނެލި މަސްވެރިންނަށްވެފައި ހުރި ބައިވަރު ވައުދުތަކެއް އެބަހުރި، ހަގީގަތަކީ މި އިންޑަސްޓްރީގެ ހާލަތު މިއޮތީ އަހަރަކަށްވުރެ އަހަރެއް ދަށްވެފައި،" ނަޝީދު ވިދާޅުވި އެވެ.
"އެހެންކަމުން އަޅުގަނޑުމެން މި ސުލްހަވެރި އިހުތިޖާޖުގައި ސަރުކާރަށް ގޮވައިލަމުން މިދަނީ ސަރުކާރުން ވައުދުވި މިފްކޯއަށް ކަންނެލި ގަތުމާއި އަދި އޭގެއިތުރުން ސަރުކާރުން ވައުދުވެފައިވާ އަގު އަޅުގަނޑުމެން ކަންނެލި މަސްވެރިންނަށް ހޯއްދަވައިދެއްވަން، އެ ވައުދު ފުއްދައިދޭން."
މިއަދުގެ އިޖުތިޖާޖުގައި ބައިވެރިވާ މަސްވެރިޔަކު އަދަދު އަށް ބުނީ ބޮޑު ކަންނެލީގެ މަސްވެރިން މިއަދު މި ކުރާ ޑިމާންޑުތަކަކީ ހަގީގަތުގައި މަސްވެރިން އަމިއްލައަށް ކުރާ ޑިމާންޑުތަކެއް ނޫން ކަމަށެވެ. ނަމަވެސް، އެ ކަންކަން ކޮށްދިނުމަށް އެދި މަސްވެރިން އާދޭސް ކުރަމުން ދަނީ މި ސަރުކާރުން އެ ކަންކަން ކޮށްދޭނެ ކަމަށް ވައުދުވެ މެނިފެސްޓޯގައި އެ ވައުދުތައް ހިމަނާތީ ކަމަށް އޭނާ ބުންޏެވެ.
"އެހެންވީމާ އެ ކަންކަން އެގޮތަށް ނުވާހައި ހިނދަކު ދެން މި ތިބީ ކެޔޮޅުންނާއި އޮޑިވެރިންނާއި ފަޅުވެރިން މިކަން ހުއްޓާ ނުލާ ގޮތަށް، އެ ހެޔޮ އެއް މަސްވިޔަސް، އެ މަސްދުވަސްވިޔަސް ހުއްޓާނުލާނަން، ސަރުކާރުން އަޅުގަނޑުމެންނަށް އެދެވޭ ޖަވާބެއް، އަޅުގަނޑުމެން ވެސް ގަބޫލު ކުރާކަހަލަ ޖަވާބެއް އަޅުގަނޑުމެންނަށް ދޭން ޖެހޭނީ،" އޭނާ ބުންޏެވެ.
މީގެ ކުރިން ވެސް ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އެއްވުންތައް އިންތިޒާމުކޮށްފައިވެ އެވެ. އެގޮތުން މިދިޔަ ސަރުކާރުގެ ދުވަސްވަރު ވެސް އެ ޔޫނިއަނުން މަސްވެރިންގެ ހައްގުގައި އެއްވުންތައް ބާއްވައި އިޖުތިޖާޖު ކޮށްފައިވެ އެވެ.
Comment