Advertisement

މަސްވެރިންގެ މުޒާހަރާއަށް ކޯސްޓް ގާޑުން ހުރަސް އެޅުން ސައިފް އާއި ނާޒިމާ ކުށްވެރިކޮށްފި

10 ޑިސެންބަރު 2025 - 19:37 1

ސައިފް އާއި ނާޒިމާ:


މަސްވެރިންގެ މުޒާހަރާއަށް ކޯސްޓް ގާޑުން ހުރަސް އެޅުން ސައިފް އާއި ނާޒިމާ ކުށްވެރިކޮށްފި

10 ޑިސެންބަރު 2025 - 19:37 1

މަސްވެރިންގެ ދުވަހާ ދިމާކޮށް ބޮޑުކަންނެލި މަސްވެރިން މިއަދު އޮޑިފަހަރުގައި މުޒާހަރާ ކުރަން މާލޭ ފަޅަށް ވަންނަން އުޅެނިކޮށް އެކަމަށް ހުރަސް އެޅި މައްސަލަ މާލޭ ސިޓީ ކައުންސިލުގެ ދެ މެންބަރަކު ކުށްވެރިކޮށްފި އެވެ.

މަސްވެރިންގެ މުޒާހަރާއަށް ކޯސްޓް ގާޑުން ހުރަސް އަޅައި އޮޑިފަހަރަށް ނުވަދެވޭނެ ގޮތަށް ނެރު ބެއްދި މައްސަލަ ކުށްވެރި ކުރަނީ ކައުންސިލް މެންބަރު ސައިފް ފާތިހު އާއި މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒް އެވެ.

ސައިފް އާއި ނާޒިމާ މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލޭގެ ބެލެނިވެރި ފަރާތް ކަމަށްވާ މާލޭ ސިޓީ ކައުންސިލަށް ނާންގައި ކޯސްޓް ގާޑަށް ނެރު ނުބެއްދޭނެ ކަމަށެވެ. އަދި ބުނެފައި ވަނީ ހިޔާލު ފާޅު ކުރުމަށްޓަކައި އެއްވާން އެންމެ އެކަށީގެންވާ ތަނަކީ ވެރި ރަށް މާލެ ކަމަށެވެ.

"މާލޭގެ ބަނދަރަށް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން މަސްވެރިން މިއަދު ޖަމާވުމުން، އެ މަސްއޮޑިފަހަރު މާލޭގެ ފަޅަށް ވަނަ ނުދީ ހިފަހައްޓައި، މަސްވެރިންގެ ޝިކާޔަތާއި ކަންބޮޑުވުމަށް ބީރު ކަންފަތެއް ދިނުމަކީ އަމުދުން މި މަސްވެރިންގެ ދުވަހު ކުރާން ހުތުރު ކަމެއް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

މަސްވެރިންގެ މުޒާހަރާއި މިއަދު 49 އޮޑި އެބަ ބައިވެރިވެ އެވެ. މިއަދުގެ މުޒާހަރާގައި މަސްވެރިން ސަރުކާރަށް ތިން ޑިމާންޑެއް އެބަ ކުރެ އެވެ. އެއީ ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 80 ރުފިޔާ އާއި 100 ރުފިޔާއާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ.

"އަޅުގަނޑުމެން މި ސުލްހަވެރި އިހުތިޖާޖުގައި ސަރުކާރަށް ގޮވައިލަމުން މިދަނީ ސަރުކާރުން ވައުދުވި މިފްކޯއަށް ކަންނެލި ގަތުމާއި އަދި އޭގެއިތުރުން ސަރުކާރުން ވައުދުވެފައިވާ އަގު އަޅުގަނޑުމެން ކަންނެލި މަސްވެރިންނަށް ހޯއްދަވައިދެއްވަން، އެ ވައުދު ފުއްދައިދޭން،" މުޒާހަރާގައި ވާހަކަ ދައްކަވަމުން މަސްވެރިންގެ ޔޫނިއަންގެ ރައީސް ހުސެއިން ނަޝީދު މިއަދު ވިދާޅުވި އެވެ.

މަސްވެރިން މުޒާހަރާއަށް ނުކުތުމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ، ސަރުކާރުން މަސްވެރިންނަށް ވެފައި ހުރި ވައުދުތައް ފުއްދަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. މީގެ ކުރިން މަސްވެރިން މުޒާހަރާ ކުރުމުން ވެސް މިނިސްޓަރު އެހެން ވިދާޅުވި އެވެ.

"ސަރުކާރުން ދަނީ ހުޅުމާލޭގައި ބޮޑު ކަންނެލި މަސް ޕްރޮސެސް ކުރުމަށް ގާއިމުކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް ޖެނުއަރީ މަސް ތެރޭގައި ފެށުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުން،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމު މިއަދު ވިދާޅުވި އެވެ.